މުގާބޭގެ ލާރި ދަބަސް ވަގަށް ނެގި މީހުންގެ ތެރޭގައި އާއިލާވެސް!

1 ހަފްތާ ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭ/ފޮޓޯ:އީއެންސީއޭ

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭގެ ގިނަ އަދަދެއްގެ ފައިސާތަކެއް އަޅާފައި ހުރި ސޫޓްކޭހެއް ވަގަށް ނެގި މައްސަލާގައި 3 މީހަކު ކޯޓަށް ހާޒިރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ވަގަށް ނަގާފައިވާ ސޫޓުކޭހުގައި ގާތްގަނޑަކަށް 150000 ޑޮލަރު ހުންނާނެއެވެ.

ކޯޓަށް ހާޒިރު ކުރި މީހުންގެ ތެރޭގައި މުގާބާގެ އާއިލާގެ މެމްބަރެއް ކަމަށްވާ ކޮންސްޓަންޓިއާ މުގާބޭވެސް ހިމެނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މީނާއަކީ ޒިމްމާބްވޭގެ ވެރިރަށާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ މުގާބޭގެ ގޭގެ ތަޅުދަނޑި އޮންނަ މީހެކެވެ. އަދި އެހެން މީހުން އެގޭތެރެއަށް ވައްދާފައިވަނީވެސް އޭނާ ކަމަށް ތުހުމަތު ކުރެވެއެވެ.

ކޯޓަށް ހާޒިރު ކުރެވުނު އަނެއް ދެ މީހުންނަކީ ސާފުކުރުމުގެ މަސައްކަތުގައި އުޅުނު ބައެއް ކަމަށްވެއެވެ.

މި ވައްކަމެއް ހިންގާފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާއި، ޖަނަވަރީ މަހުގެ ކުރީކޮޅާއި ދެމެދުގައި ކަމަށް ތުހުމަތު ކުރެވެއެވެ.

ޒިމްބާބްވޭއަކީ ދުވަހަކުވެސް ބަނގުރޫޓުނުވާނެ ގައުމެއް ކަމަށް ވިދާޅުވަމުން ގެންދެވި މުގާބޭއަކީ، އިގުތިސޯދީ އަނދަވަޅެއްގައި އެ ގައުމު އޮތްއިރުވެސް އެންމެ މަތީ ފަންތީގެ ދިރިއުޅުމެއް އުޅުއްވި ލީޑަރެކެވެ.

2017 ވަނަ އަހަރު ޒިމްބާބްވޭގެ އަސްކަރިއްޔާގެ ބާރުން މުގާބޭ ވެރިކަމުން ދުރުކުރިފަހުން އޭނާގެ ބަލިހާލުވަނީ ބޮޑުވެފައެވެ. އެގޮތުން ހިނގާބިނގާވެ އުޅުއްވަން ދަތިވެ، ސިންގަޕޫރުން ފަރުވާވެސް ހޯއްދެވިކަމަށްވެއެވެ.

މުގާބޭގެ އުމުރުފުޅުން މިހާރު 94 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލް