އެއްލައިދޫ ރިސޯޓުގައި ހިިނގި މާރާމާރީއެއްގައި މީހަކު މަރާލައިފި

1 ހަފްތާ ކުރިން ހަބަރު މުހައްމަދު އުސާމް
 
އެއްލައިދޫ ރިސޯޓުގެ އޭރިއަލް ވިއު

އއ. އެއްލައިދޫ ރިސޯޓުގައި މިރޭ ދެ މީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރާލައިފިއެވެ.

އެއްލައިދޫ ރިސޯޓުގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައި، އެ ތަނުން އެކަކު ނިޔާވެފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ދަޕްރެސް" އަށް ކަށަވަރު ކޮށްދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެއްލައިދޫގައި ހިނގި މަރާމާރީއަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންގެ ދެމެދުގައި ހިނގި މަރާމާރީއެކެވެ. އަދި އެ މަރާމާރީއާ ގުޅިގެން އެ ކަން ތަހުގީގު ކުރަން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން އެ ރިސޯޓަށް ފުލުހުން ދަތުރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލް