މަޖިލިސް ހުޅުވާ ޖަލްސާ ފެބްރުއަރީ 7 ގައި

1 ހަފްތާ ކުރިން ސިޔާސީ ޙުސައިން މަޚްތޫމް
 
މިދިޔަ އަހަރު ބޭއްވި މަޖިލިސް ޖަލްސާއެއްގެ ތެރެއިން / ފައިލް ފޮޓޯ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.

މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާން ވެސް އިއްވާނެއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ފެބްރުއަރީ ހަތެއްވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުންދާކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މަޖިލިސް ޗުއްޓީއަށް ދިޔަ އިރު މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ދެފަހަރެއްގެ މަތިން ދައްމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލް