މާދަމާއިން ފެށިގެން މޯލްޑިވިއަންގެ އަގުހެޔޮ ޓިކެޓު ވިއްކަން ފަށަނީ

2 ހަފްތާ ކުރިން ވިޔަފާރި މުހައްމަދު އުސާމް
 
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފުލައިޓެއް

ގައުމީ އެއާލައިން، މޯލްޑިވިއަންއިން އެތެރޭގެ މަންޒިލްތަކަށް ކުރާ ދަތުރުތަކަށް އެންމެ ފަހުން އިއުލާން ކުރި ހެޔޮ އަގުގައި މާދަމާއިން ފެށިގެން ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްއިން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެތެރޭގެ އުދުހުންތަކަށް އެ ކުންފުނިން އެންމެ ފަހުން އިއުލާން ކުރި ހެޔޮ އަގުތަކުގައި މާދަމާއިން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުން އައި އޭޖެންޓުން މެދުވެރިކޮށް ވިއްކަމުން ދާނެ ކަމަށެވެ.

އޭގެ އިތުރުން، މާދަމާގެ ކުރިން ޓިކެޓު ނެގި މީހުންނަށް ވެސް މާދަމާއިން ފެށިގެން އަގުހެޔޮ ޓިކެޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އަގުތަކުގައި ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންނާއި އިންވެންޓަރުންނަށް ވެސް ދަތުރު ކުރެވޭނެ ކަމަށް ބުންޏެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ތިރި ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި އަމާޒު ކުރި ކަންތައްތަކުގެ ތެރޭގައި ވެސް އެ ކަންތައް ހިމެނެއެވެ.

މާދަމާއިން ފެށިގެން އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު:

މާލެ – ހަނިމާދޫ – މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ – އިފުރު – މަލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ – ދަރަވަންދޫ – މާލެ: 1098 ރުފިޔާއާއި 1568 ރުފިޔާއާ ދެމެދު
މާލެ – ކުޑަހުވަދޫ – މާލެ: 1500 ރުފިޔާއާއި 2056 ރުފިޔާއާ ދެމެދު
މާލެ – ތިމަރަފުށި – މާލެ: 1610 ރުފިޔާއާއި 2226 ރުފިޔާއާ ދެމެދު
މާލެ – ކައްދޫ – މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާ ދެމެދު
މާލެ – ކާޑެއްދޫ – މާލެ: 1652 ރުފިޔާއާއި 2442 ރުފިޔާއާ ދެމެދު
މާލެ – ގަން – މާލެ: 1698 ރުފިޔާއާއި 2666 ރުފިޔާއާ ދެމެދު

ކިޔުންތެރިންގެ ހިޔާލް