މޯލްޑިވްސް ލިވިން އެކްސްޕޯ އަންނަ ފެބްރުއަރީގައި

3 ހަފްތާ ކުރިން ވިޔަފާރި ޙުސައިން މަޚްތޫމް
 
މި އަހަރު މޯލްޑިވްސް ލިވިން އެކްސްޕޯ އިން ބޭއްވި އެކްސްޕޯގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް ލިވިން އެކްސްޕޯ

މޯލްޑިވްސް ލިވިން އެކްސްޕޯ 2019 އަންނަ ފެބްރުއަރީ މަހު ބާއްވާގޮތަށް ނިންމައިފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ ހަތަކުން ނުވައަކަށް މޯލްޑިވްސް ލިވިން އެކްސްޕޯ 2019 ބާއްވާން ނިންމާފައިވަނީ، ހޯމް ލިވިން އަދި ލައިފްސްޓައިލް އަށް ހާއްސަކޮށްގެންނެވެ. އަދި އެކސްޕޯގެ ތެރެއިން ބިމާއި، ގެދޮރާއި، ތަފާތު ޕްރޮޑަކްޓްތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް އެކްސްޕޯ އޯގަނައިޒް ކުރާ ހައިރައިޒުން ބުނެއެވެ.

މީގެ އިތުރުން ގެއަށް ބެނުންވާ ފަރުނީޗަރާއި، އެކި ކަހަލަ ސާމާނާއި، އެ ސާމާނު ފިނޭންސިންގެ ތެެރެއިން ނެގޭނެ ގޮތްތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުނެއެވެ. މީގެ އިތުރުން އެތަނަށް ޒިޔާރާތްކޮށްގެން ލަކީޑްރޯގައި ބައިވެރިވެ އިނާމް ހޯދުމާއި، ގަންނަ އެއްޗެހިން ޑިސްކައުންޓު ލިބިގެންދާނެކަމަށް ހައިރައިޒުން ބުނެއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ ފުރަތަމަ ބާއްވާފައިވަނީ 2013 ވަނަ އަހަރުއެވެ. މެދު ކެނޑުމެއް ނެތި މި އެކްސްޕޯ ބާއްވާތާ މިއީ އަށް ވަނަ އަހަރެވެ. މި އެކސްޕޯގެ މެއިން ސްޕޮންސާ އަކީ އެލައިޑް އިންޝިއުރަންސް ކޮމްޕެނީއެވެ. ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެކުވާ ވީޓާ ރެސިޑެންސް އަދި ލަންކާގެ އަލްޓެއާ އެކެވެ.

ކިޔުންތެރިންގެ ހިޔާލް