ދިރާގު ހައި ސްޕީޑް އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ރ. މީދޫއަށް

4 ހަފްތާ ކުރިން ވިޔަފާރި ޢާއިޝަތު ޝާޒްލީން
 
ރ. މީދޫއަށް ދިރާގު ހައިސްޕީޑް އިންޓަނެޓާއި ދިރާގު ޓީވީ ތައާރަފްކުރުމުގެ ތެރެއިން / ފޮޓޯ: ދިރާގު

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ރ. މީދު އަށް ތައާރަފްކޮށްފިއެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން ރ. މީދޫގައި ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. އޭގެތެރޭގައި ކުޑަކުދިންގެ ހަވީރަކާއި ބޮޑުބެރުގެ ހަރަކާތްތައް މި ހަފްލާގައި ހިމެނިގެން ދިޔައެވެ.

ރ. މީދޫއަށް ދިރާގު ހައިސްޕީޑް އިންޓަނެޓާއި ދިރާގު ޓީވީ ތައާރަފްކުރުމުގެ ތެރެއިން / ފޮޓޯ؛ ދިރާގު

ދިރާގުން ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން "ފައިބާ ޓު ދަ ހޯމް" ގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން އެހެން 50 ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލް