އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ހިދުމަތް ދޭ ސްޕެޝަލިސްޓުން ކެއާވަން ޑެންޓަލް އެންޑް ކްލިނިކްގައި މި ހިނގާ ފެބްރުއަރީ މަހު ބަލިމީހުން ބަލާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ކްލިނިކުން ބުނި ގޮތުގައި މި ފެބްރުއަރީ މަހުގެ 10 އިން 16 އާ ދެމެދު އިންޑިއާގެ ކިމްސް ހޮސްޕިޓަލްގައި ބަލިމީހުން ބަލާ ސްޕެޝަލިސްޓުން ހަރަކާތްތެރިވެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން،
މި މަހުގެ 10 އިން 11 އަށް ކިމްސް ހޮސްޕިޓަލްގެ ދަތުގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުއް ސަމީރު ސީކޭ:
- ކަށިގަނޑާއި ދަތްޕިލަ ހެދިބޮޑުވަމުން އަންނަ ގޮތަށް ބަދަލު ގެނެސްގެންދޭ އޯތޯޑޮންޓިކް ފަރުވާ
- ކުދި އިމްޕްލާންޓް ބޭނުންކޮށްގެން ދަތްތައް ސީދާ ކުރުމަށް ދޭ އޯތޯޑޮންޓިކް ފަރުވާ
- މަތީ ދަތްޕިލައިގެ ކަށިގަނޑު ފުޅާ ކުރުމަށް ދޭ ފަރުވާ
މި މަހުގެ 11 އިން 13 އަށް ކިމްސް ހޮސްޕިޓަލްގެ މައިބަދައިގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު ޑރ. ޗަންދްރަން އެމް:
- މައިބަދައިގެ މައްސަލަތައް ދެނެގަތުމާއި މައިބަދައަށް އިންޖެކްޝަން ޖެހުމުގެ ފަރުވާ
- މައިބަދައިގައި ރިހޭ ރިހުންތަކަށް ފަރުވާ ދިނުން
- ކެމެރާ އަދި މައިކްރޮސްކޯޕް ބޭނުންކޮށްގެން ކުރެވޭ މިއިބަދަވަޅުގެ ޑިސްކް އޮޕަރޭޝަންތައް ކުރުމާއި ކުޑަ ތަންކޮޅެއް ފަޅައިގެން ބުރަކަށީގެ ކަށިތައް ގުޅުވައިދޭން ކުރާ ހާއްސަ އޮޕަރޭޝަންތައް
- ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބުރަކަށި އަރިވުމާއި ގުދުވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާ
މި މަހުގެ 11 އިން 13 އަށް ކިމްސް ހޮސްޕިޓަލްގެ ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ ޝިޖޫ ކުމާރު ސީ:
- ކުޑަކުދިންގެ އިންޓެންސިވް ކެއާ ޔުނިޓް (PICU) ގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި ކުޑަކުދިންނަށް ދެވޭ އެކްސްޓްރާކޯޕޯރިއަލް މެމްބްރޭން އޮކްސިޖިނޭޝަން (ECMO) ނުވަތަ ހިތާއި ފުއްޕާމޭގެ މަސައްކަތް ބޭރުން ކޮށްދޭ ފަރުވާ
- ކުޑަކުދިންނަށް ދިމާވާ ނޭވާލާ ނިޒާމުގެ ނުރައްކާތެރި ހާލަތް ނުވަތަ ޕީޑިއޭޓްރިކް އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (PARDS)
- ކުޑަކުދިންނަށް ދިމާވާ ކުއްލި ނުރައްކާތެރި ސިއްހީ ހާލަތްތަކާއި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ
މި މަހުގެ 14 އިން 16 އަށް ކިމްސް ހޮސްޕިޓަލްގެ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑރ ގަނޭޝް ވިޝްވަނަތަން:
- ސްލީޕް މެޑިސިން އާއި އެންޑޯ ކްރިނޮލޮޖީ
- ހަކުރުބަލީގެ ފަރުވާ
ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމަށް 9233335 އަދި 9233336 ނަމްބަރު ފޯނާއި ގުޅައިގެން ކުރިއަށް ދިއުމަށް ކްލިނިކުން އިރުޝާދު ދީފައިވާއިރު މިއީ މަލްޓި ޝްޕެޝަލިސްޓުން ފަރުވާ ދިނުމަށް ހާއްސަ ކޮށް މާލޭގައި ހުޅުވާފައިވާ ކްލިނިކެކެވެ.
ކްލިނިކް ހުޅުވިފައި ހުންނަ ގަޑި ތަކަކީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު އަދި ބުރާސްފަތި ދުވަހާއި ދެމެދު ހެނދުނު 8 އިން ރޭގަނޑު 10 އަށެވެ. މި ކްލިނިކުން ލެބޯޓްރީގެ ހިދުމަތާއި އެކްސްރޭގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ކެއާ ވަން ޑެންޓަލް އެންޑް ކްލިނިކުން މައުލޫމާތު ދެއެވެ. ކެއަރ ވަން ޑެންޓަލް އެންޑް ކްލިނިކަކީ އާސަންދައިގެ ހިދުމަތް ވެސް ލިބޭ ގޮތަށް އިންޑިއާގެ ކިމްސް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް ގެންދާ ކްލިނިކަކަށްވާއިރު ކްލިނިކްގެ ނަމުގެ ކުރީގައި ޑެންޓަލް އޮތް ނަމަވެސް އެ ކްލިނިކަކީ ދަތުގެ ފަރުވާ އާއި ހުރިހާ އެހެނިހެން ބަލިތަކަށް ފަރުވާ ދޭ ޝްޕެޝަލިސްޓުން ބަލާ ކްލިނިކެކެވެ.
އަރވަން ޑެންޓަލް އެންޑް ކްލިނިކާއި ބެހޭ އިތުރު މައުލޫމާތު 9233335 އަށް ގުޅައިގެން އަދި ފޭސްބުކް އާއި އިންސްޓަރގްރާމް މެދުވެރިކޮށް ލިބެންހުންނާނެއެވެ.
