ސިޔާސީ ހައްޔަރީން ޝަކުވާ ހުށަހަޅަން ރައީސް އޮފީހުން ހުޅުވާލައިފި

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ރައީސް އިބްރަހީމް މުހައްމަދު ސޯލިހު / ފައިލް ފޮޓޯ: މަޖިލީސް

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލާފައި ވަނީ ފެބްރުއަރީ 1، 2018 ގެ ފަހުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އެޅިފައިވާ ފަރާތްތަކާއި، ހުކުމްތައް ކުރެވި ހުކުމްތައް ތަންފީޒު ކުރަމުންދާ ފަރާތްތަކަށެވެ.

މި ގޮތުން، މައްސަލައާ ގުޅޭ އެންމެހާ ލިޔެކިޔުންތަކާއެކު ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުލާފައި ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައެވެ.

ސިޔާސީ ހައްޔަރީންގެ ޝަކުވާ ހުށަހަޅަން މިއަދު ރައީސް އޮފީހުން ހުޅުވާލިއިރު، ސިޔާސީ ހައްޔަރީންނަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ގޮތުން ރައީސް ވަނީ ސިޔާސީ ހައްޔަރީން މިނިވަން ކުރަން ކޮމިޓީއެއް ވެސް އުފައްދަވާފައެވެ. އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި، ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދާއި، ލީގަލް ކައުންސިލް ޓު ދަ ޕްރެސިޑެންޓް އަހުމަދު އަބްދުﷲ އަފީފާއި، ބަންޑާރަ ނައިބު އިމްރާހީމް ރިފްއަތެވެ.

ކިޔުންތެރިންގެ ހިޔާލް