އެމްއެލްއެސްޑީޕީއިން 3000 މެންބަރުން ހަމަކޮށް، އީސީއަށް ހުށަހަޅައިފި

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
އެމްއެލްއެސްޑީޕީއަށް މެންބަރުން ހަމަކުރަން މަސައްކަތް ކުރި ފަރާތްތަކުން 3000 މެންބަރުންގެ ފޯމުތައް އީސީއަށް ހުށަހަޅަނީ / ފޮޓޯ: އެމްއެލްއެސްޑީޕީ

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފައްދަން ބޭނުންވާ އަދަދު ކަމަށްވާ 3000 މެންބަރުންގެ ސޮއި ހަމަކޮށް، އެ ސޮއިތަކުގެ ލިޔުންތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފައްދަން ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާން ކުރާ އަދަދަށް މެންބަރުން ހަމަކޮށް، އެމްއެލްއެސްސީން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެލްއެސްޑީޕީއަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ސިޔާސީ ޕާޓީއެއް ކަމަށް އެޕާޓީން ކުރިން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދު ހަމަކޮށް އެމްއެލްއެސްޑީޕީން އީސީއަށް މިއަދު ހުށަހެޅިއިރު، އިތުރު ދެ ފަރާތަކަށް އީސީން ވަނީ ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފައެވެ.

އެ ގޮތުން، ގައުމީ ވިންދުގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އީސީން ވަނީ ގ. ރާވެހި މުހައްމަދު ރަމީޒު (އޮގަރު ރަމީޒު) އަށް ދީފައެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު އިސްމާއީލް އާސިފަށް ވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނަމުގައި ޕާޓީއެއް އުފައްދަން ވަނީ ހުއްދަ ދީފައެވެ. އެމްޓީޑީއަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ސޮއި ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލް