ޔޫތް މިނިސްޓްރީގެ މުވައްޒަފުންގެ ދަރިން އޮފީހަށް ގެންދެވޭނެ އުސޫލެއް ހަމަޖައްސައިފި

4 ދުވަސް ކުރިން ހަބަރު މުހައްމަދު އުސާމް
 
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު (ވ) އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) / ފައިލް ފޮޓޯ: ރައީސް އޮފީސް

ޔޫތް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިން އޮފީހަށް ގެންދެވޭނެ އުސޫލެއް ހަމަޖައްސައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ އެ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތުއްތު ދަރިން އެ މީހުންގެ މައިންބަފައިން ވަޒީފާގައި އުޅޭ ވަގުތު ޒިޔާރަތްކޮށް ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު، ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން ހަމަޖައްސަވާފައިވާ ކަމަށެވެ.

މިނިސްޓަރު މަހުލޫފުގެ އެ ނިންމެވުމަށް ގިނަ އަދަދެއްގެ މީހުން ގެންދަނީ ތައުރީފު ކުރަމުންނެވެ. އެ ގޮތުން މިފަދަ ނިންމުންތަކުގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މުވައްޒަފުން ހިތްހަމަޖެހިގެން މަސައްކަތް ކުރާނެ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ގިނަ މީހުންގެ ތައުރީފުތައް ލިބެމުންދާ އެއް މިނިސްޓަރަކީ ވެސް މަހުލޫފެވެ. އެ ގޮތުން މަހުލޫފަށް ހާއްސަކުރައްވާފައިވާ ޕާކިން ޒޯން އާންމުންނަށް ދޫކޮށްލެވުމުން ގިނަ އަދަދެއްގެ މީހުން ވަނީ ތައުރީފުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލް