ނުވަ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި

4 ދުވަސް ކުރިން ހަބަރު މުހައްމަދު އުސާމް
 
ނުވަ ސްޓޭޓް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ނުވަ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފިއެވެ.

އެ ނުވަ ބޭފުޅުންނަށް މަގާމުގެ ފަތް ކޮޅު ހަވާލު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސްޓޭޓް މިނިސްޓަރުންނަށް މިއަދު އައްޔަން ކުރެއްވި ނުވަ ބޭފުޅުންނަކީ:

1. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަސަން ޝުޖާއު
2. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިސްމާއީލް އަލީ މަނިކު
3. އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަލީ
4. ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލީ ސޯލިހު (ޖޭޕީގެ އިސް ތަރުޖަމާނު)
5. އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ރިޔާޒު
6. ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު އަހުމަދު
7. ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަސްއަދު އަލީ (ގައުމީ ޓީމުގެ ކުޅުންތެރިޔާ އަޑުބަރޭ)
8. ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފަޒުނާ ޝާކިރު
9. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަހުމަދު ނަސީމް

މި ނުވަ ބޭފުޅުންނާއެކު ރައީސް މިހާތަނަށް ވަނީ އެކި މިނިސްޓްރީތަކަށް ޖުމުލަ 22 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެވިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ސްޓޭޓް މިނިސްޓަރުން އައްޔަން ކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލް