ބަންގްލަދޭޝް ސަފީރު ނައިބު ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

4 ދުވަސް ކުރިން ހަބަރު މުހައްމަދު އުސާމް
 
ނައިބު ރައީސް ފައިސަލް ނަސީމް (ކ) އާއި ބަންގްލަދޭޝް ސަފީރު ރިއާ އެޑްމިރަލް އަޚްތަރު ހަބީބު (ކ) ރައީސް އޮފީހުގައި ބައްދަލު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއާ އެޑްމިރަލް އަޚްތަރު ހަބީބު، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މިއަދު ހެނދުނު އެ އޮފީހުގައި ކުރެއްވި ބައްދަލުވުމުގައި ބަންގްލަދޭޝް ސަފީރު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމަށް ފައިދާ ހުރި ގޮތަކަށް އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ހާމަ ކުރައްވާފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ނައިބު ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވަކިން ހާއްސަކޮށް ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްއިން ކޮންމެ އަހަރަކު ދެމުން ގެންދާ އިންޓާންޝިޕްގެ ފުރުސަތުތައް ނައިބު ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލް