ރައީސް އޮފީހުގެ މިނިސްޓަރަކަށް ސަމީރު އައްޔަން ކުރައްވައިފި

4 ދުވަސް ކުރިން ހަބަރު މުހައްމަދު އުސާމް
 
ރައީސް އިބްރަހީމް މުހައްމަދު ސޯލިހު (ކ)، ރައީސް އޮފީހުގެ މިނިސްޓަރަކަށް އަހުމަދު ސަމީރު (ވ) އައްޔަން ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު އައްޔަން ކުރައްވައިފިއެވެ.

ސަމީރަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ސަމީރުގެ އިތުރުން ރައީސް އޮފީހުގައި މިހާރު ވެސް ތިން މިނިސްޓަރަކު ތިއްބަވެއެވެ. އެއީ އަލީ ޝިޔާމް (ތްރީއޭ) އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) އެވެ.

އޭގެ އިތުރުން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކުރެއްވީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރެވެ. އެ މަގާމުގައި އޭނާ ވެސް ހުންނަވަނީ މިނިސްޓަރެއްގެ ފެންވަރުގައެވެ.

ކިޔުންތެރިންގެ ހިޔާލް