ޕްރިޔަންކާގެ ޝުކުރު މޯދީއަށް!

4 ދުވަސް ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ (ކ) ޕްރިޔަންކާގެ ދެމަފިރިންނާއި އެކު ކައިވެނި ހަފުލާގައި/ފޮޓޯ: ސޯޝަލް ނިއުސް އެކްސްވައިޒީ

ކައިވެނި ހަފުލާގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އެކަން ފާހަގަކޮށް، ހޮލީވުޑްއާއި ބޮލީވުޑްގެ ސުޕާސްޓާ ޕްރިޔަންކާ ޗޯޕްޅާ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ޝުކުރުއަދާކޮށް ޓުވީޓެއް ކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ނިކް ޖޯނަސްއާއި ޕްރިޔަންކާގެ ކައިވެނީގެ ހަފުލާގައި ބައިވެރިވެޑައިގަތުމަށް މޯދީ ވަޑައިގެންނެވިކަން ފާހަގަކޮށް ޕްރިޔަންކާ ކުރި ޝުކުރުގެ ޓުވީޓްއާއެކު، މޯދީ އާއި ޕްރިޔަންކާގެ ދެމަފިރިންގެ އިތުރުން ޕްރިޔަންކާގެ މަންމަ އެކުގައި ފެންނަ ފޮޓޯއެއްވެސް ވަނީ އާންމުކޮށްފައެވެ.

ހުދު ކުލައިގެ ކުރުތާއަކާއި ކަޅުކުލައިގެ ޖެކެޓެއް ތުރުކުރައްވައިގެން ކައިވެނީގެ ހަފުލާއަށް ވަޑައިގެން މޯދީވަނީ ޕްރިޔަންކާއާއި ނިކްއަށް ދެ ފިނިފެންމާ ހަދިޔާ ކުރައްވާފައެވެ. އަދި މައި ސްޓޭޖު މަތީގައި 10 ވަރަކަށް މިނެޓް މޯދީ ވަނީ މަޑުކޮށްލައްވާފައެވެ. މޯދީ ވަނީ ނިކްއާއި ޕްރިޔަންކާގެ އާއިލާގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާ، އިހުތިރާމް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލް