ބޮލީވުޑްގެ ކައިވެނި ސީޒަން ނިމޭކަށް ނެތް!

5 ދުވަސް ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
ކައިވެނި އިއުލާންކޮށް ސޯޝަލް މީޑިއާގައި ކަޕީލް ޝަރުމާ އާންމުކޮށްފައިވާ ފޮޓޯއެއް /ފޮޓޯ: އިންސްޓަގްރާމް

ފާއިތުވީ މަހެއްހާ ދުވަހު މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަމުންދާ ޚަބަރުތަކަކީ ބޮލީވުޑްއާއި ބައިނަލްއަގުވާމީ ފަންނުވެރިންގެ ކައިވެނީގެ ޚަބަރުތަކެވެ.

ދީޕިކާ ޕަދުކޯންގެ ކައިވެނީގެ އުފާފާޅުކުރުންތައް ނުނިމި އުޅެނިކޮށް ޕްރިޔަންކާ ޗޯޕްޅާއާއި ނިކް ޖޯނަސްގެ ކައިވެންޏެވެ. އެ ކައިވެނީގެ ފޮޓޯތައް މީޑިއާއިން ފިލާ ނުގޮސް އުޅެނިކޮށް، އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕީލް ޝަރުމާއާއި ޖިނީ ޗަތްރަތުގެ ކައިވެނި މިވަނީ ބޯމަތިވެފައެވެ.

އެކުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ކަޕީލް ޝަރުމާއާއި ޖިނީ ޗަތްރަތުގެ ކައިވެނި އޮންނާނީ މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުކަން ކަޕީލް ޝަރުމާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ.

ކައިވެންޏާއި ދިމާކޮށް އެކަމާ ގުޅުންހުރި އެކި އިހުތިފާލުތައް މިހާރުވެސް ފެށިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކަޕީލް ޝަރުމާގެ ފިލްމެއް އެންމެ ފަހުން ފެނިފައިވަނީ 2017 ވަނަ އަހަރު ކަމުގައިވީނަމަވެސް، އޭނާގެ ޝޯ "ދަ ކަޕީލް ޝަރުމާ ޝޯ" ވަރަށް އަވަހަށް ސޮނީއިން ދައްކަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލް