ޚަޝޯގީގެ މަރަށް ފިލްމެއް ހަދަނީ!

5 ދުވަސް ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
ޚަޝޯގީގެ މަރުގެ މައްޗަށް ބިނާކޮށް ޑޮކިއުމަންޓްރީ ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތުގައި ޝޯން ޕެންއާއި ކްރޫ ހަރަކާތްތެރިވަނީ /ފޮޓޯ: އަނަދޯލޫ

ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި، ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އިހާނެތި ގޮތަކަށް މަރާލި ހާދިސާގެ މައްޗަށް ބިނާކޮށް ޑޮކިއުމަންޓްރީ ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޚަޝޯގީގެ މަރުގެ މައްޗަށް ޑޮކިއުމަންޓްރީ ފިލްމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ދެ ފަހަރެއްގެ މަތީން އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެމެރިކާގެ އެކްޓާ ޝޯން ޕެންއެވެ.

ފިލްމަށް ފުޓޭޖެ ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓް ކުރިމަތީގައި ޝޯން ޕެންއާއި ފިލްމް ކްރޫގެ އިތުރުން ބޮޑީގާޑުންތަކެއް ހަރަކާތްތެރިވާތީ ވަނީ މިޑީއާއަށް ފެނިފައެވެ. މީގެ އިތުރުން ކޮންސިއުލޭޓްއާއި މާ ދުރު ނޫން ހިސާބެއްގައި ހުންނަ ސައުދީ ކޮންސަލްގެ ރަސްމީ ގެކޮޅު ކައިރީގައިވެސް ޝޯން ޕެން ހަރަކާތްތެރިވާތީ ވަނީ ފެނިފައެވެ.

އިހާނެތި ގޮތަކަށް މަރާލާފައިވާ ސައުދީގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ/ފޮޓޯ: ގެޓީއިމޭޖަޒް

ވަރި/ކައިވެންޏާއި ގުޅުންހުރި ލިޔެކިއުންތަކެއް ހަމަޖެއްސުމަށްޓަކައި ސައުދީގެ ކޮންސިއުލޭޓަށް ދިޔަ ޚަޝޯގީ މަރާލާފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

ޚަޝޯގީ މަރާލާފައިވަނީ ދުރާލާ ރާވައިގެން ކަމަށް ސައުދީ އަރަބިއްޔާއިން އިއުތިރާފުވި ނަމަވެސް، އަދި އަދަށްވެސް އޭނާގެ ހަށިގަނޑު ދައްކާފައެއް ނުވެއެވެ. ބައެއް މީހުން ވަކާލަތު ކުރާ ގޮތުގައި ކޮންސިއުލޭޓް ތެރޭގައި ޚަޝޯގީގެ ހަށިގަނޑު ކޮށާ ކުދި ކުރިމަށްފަހު، ސޫޓް ކޭސްތަކެއްގައި ކޮންސިއުލޭޓުން ބޭރުކޮށް، ކޮންސަލްގެ ގެކޮޅުގައި ހުންނަ ވަޅަކަށް އެސިޑް އަޅާ އެ ގުނަވަންތައް ވަނީ ނައްތާލާފައެވެ.

ކިޔުންތެރިންގެ ހިޔާލް