ކަނޑުމަތީގައި މަރުވެފައި އޮތް އިބްރާހިމް ޖައުހަރީ (62އ) އެންމެ ފަހުން ފެނުނީ މަސްބާނަން މޫދަށް އެރި އުޅެނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔެ ހަވީރު 5:06 ހާއިރު، އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީ މަރުވެފައި އޮއްވާ ފެނުނީ އިދިކޮޅު އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް، އާންމު ނަމުންނަމަ ޖޯރޭ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗްއާއި ހަވާލާދީ ފުލުހުން ވަނީ އިއްޔެ މައުލޫމާތު ދީފައެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިއަދު ފުލުހުން ބުނީ އިއްޔެ 15:04 އެހާކަންހާއިރު، އޭނާ ފޭބީ ބްރިޖު ކައިރިން މޫދަށް މަސްބާނަން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ރާއްޖޭގައި އެމްޑީޕީގެ އިސްލާހީ ހަރަކާތް ފެށިގެން އައިއިރު ޖައުފަރަކީ ފާހަގަ ކޮށްލެވޭ ފޮޓޯގްރާފަރެއްވެސް މެއެވެ. އަދި އޭނާ އަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ވެސް ބައްޕައެވެ.

ޖައުހަރީ އަކީ ބްރިޖާ ދިމާއަށް މަސް ބާނަށް އާންމުކޮށް ފައިބެ އުޅޭ މީހެއްކަން ފާހަގަ ކުރެވެއެވެ.