އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބޮލީވުޑްގެ ބަތަލާ މޯނީ ރޯއި ރާއްޖެ އަތުވެއްޖެއެވެ.

އޭނާގެ 39 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެއައީ ފިރިމީހާ ސޫރަޖް ނަމްބިއާ އާއި ދެމީހުންގެ ބައެއް އެކުވެރިންނާއެކުގައެވެ. ކޮކޯ ޕާމް ބޮޑު ހިތި ރިސޯޓްގެ ހިތްގައިމު މާހައުލުގައި ބަތަލާ މޯނީ އުފަންދުވަސް ފާހަގަކުރިއިރު އޭނާ ވަނީ އެ ރިސޯޓުގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

މީގެ ކުރިން ވެސް އެތައް ފަހަރުގެ މަތިން މޯނީ ރާއްޖެ އައިއިރު އޭނާ އެންމެ ފަހުން ރާއްޖެ އައީ 2022 ވަނަ އަހަރުގައެވެ. އެފަހަރު މޯނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރީ ފުށިފަރު މޯލްޑިވްސްގަ އެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގެ ވީޑިއޯތަކާއި ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާއިރު މޯނީ މީގެ ކުރިން ބުނީ ރާއްޖެ އަކީ އޭނާއަށް އެންމެ ކަމުދާ އެއް މަންޒިލް ކަމަށެވެ. ބަތަލާ މޯނީ އާއި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާ ކައިވެނިކުރީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ސޫރަޖަކީ ދުބާއީގެ ވިޔަފާރިވެރިއެކެވެ.

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި މޯނީގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ގެނެސްދިން "ބްލެކްއައުޓް" އެވެ.