ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަޑުކޯން އާއި އެކްޓަރު ރަންވީރު ސިންހް އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހު ދީޕިކާ ބަނޑުބޮޑުކަން އިއުލާންކުރި އިރުން ފެށިގެން ވެސް ފޭނުން އަންނަނީ ދީޕިކާ ވިހާނެ ދުވަަކަށް އިންތިޒާރުކުރަމުންނެވެ. ކުރިން މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ބަތަލާ ދީޕިކާ ވިހާނީ އިނގިރޭސިވިލާތުގައި މިމަހު 28 ގައި ކަމަށެވެ. ނަމަވެސް ދީޕިކާ ވިހަންވެގެން އިއްޔެ ވަނީ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. ބައެއް ނޫސްތަކުން ބުނާގޮތުގައި ބަތަލާއަށް ލިބޭނީ ފިރިހެން ކުއްޖެކެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ބަތަލާ ދީޕިކާ އަށް ލިބުނީ އަންހެން ކުއްޖެކެވެ.

ދީޕިކާ އާއި ރަންވީރުގެ އަލަތު ދަރިފުޅު އުފަންވި ނަމަވެސް މިހާތަނަކަށް ދެމަފިރިން ކުރެ އެއްވެސް މީހަކު އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިނުވި ނަމަވެސް އިންޑިއާގެ ހުރިހާ ނޫސްތަކުން ވަނީ އެ ހަބަރު ރިޕޯޓްކޮށްފައެވެ. އެއާއެކު ގިނަ ފޭނުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ބަތަލާ ދީޕިކާ އާއި ރަންވީރު ސިންހްގެ ކައިވެންޏަށް މިހާރު ފަސް އަހަރުވެފައި ވާއިރު ދެތަރިންނަކީ ވެސް ފިލްމީ މަޝްރަހުގައި ވަރަށް ކާމިޔާބު ދެތަރިންނެވެ. ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ.