ރާއްޖޭގައި ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ލޮލުރޯގާއަށް ސަމާލުވެ، ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ވަނީ ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެ ކަމަށް ޝައްކުކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދުން މުހިންމު ކަމަށް ބުނެފައެވެ. ލޮލުރޯގާ އަކީ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު އެޗްޕީއޭއިން ވަނީ މިއީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެއްކަމަށް ބުނެފައެވެ.

ލޮލުރޯގާއަށް ހޭލުންތެރިކުރުމަށް އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ޕޯސްޓެއް

ލޮލުރޯގާގެ އަލާމާތްތަކުގެ ތެރޭގައި

- ހުން އައުން

- ލޯ ހިރުވުން

- ލޮލުން ފެންއައުން

- ލޮލުގައި މަޑުހެދުން

- ލޯ ރަތްވުން

ލޮލުރޯގާއަށް ހޭލުންތެރިކުރުމަށް އެޗްޕީއޭއިން ތައްޔާރުކޮށްފައިވާ ޕޯސްޓެއް

ލޮލުރޯގާއިން ރައްކާތެރިވުމަށްޓަކައި އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި:

- ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން

- އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން

- ލޮލުގައި އަތްލުމާއި ނުވަތަ ލޯ އުނގުޅުމުން ދުރުހެލިވުން

- ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުން

- ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުންނުކުރުން