މާލެއަށް ބޯކޮށް ވާރޭވެހި ގިނަ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
އަސުރުގެ ފަހުން މާލެއަށް ބޯކޮށް ވާރޭވެހި ބޮޑުތަކުރުފާނު މަގު ޓްރެކް ސަރަހައްދާއި އައިޖީއެމްއެޗް ސަރަަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑު ވެފައެވެ.
އެމްއެންޑީއެފް އިން ބުނީ މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެން ވަންނަމުން ދިޔުމާ ގުޅިގެން ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.
މިއަދު ހަވީރާ ހަަމައަށް މޫސުމާ ގައުމީ އިދާރާއިން މާލެ އަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ދަނީ ވެހެމުންނެވެ.
މި ހާލަތުގައިި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން ވަނީ އިރުޝާދު ދެއްވާފައެވެ.