އާ އަހަރާ ދިމާކޮށް ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް މެރިން ޕޮލިސް އިން ފަށައިފިއެވެ.

މެރިން ފުލުހުން ބުނީ، އާ އަަރާ ދިމާކޮށް އެކި ރަށްތަކަށް ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަނޑު އުޅަނދުފަހަރު ތަކުގެ ސަލާމަތީ ކަންކަން ޗެކު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ފަށާފައިވާ ކަމަށެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިސް އިންދަނީ މާލެ ހިމެނޭ ސަރަހަދުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާއި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ޒިޔާރަތްކޮށް، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށްހުރިތޯ ބަލައި ޗެކްކުރުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ.

https://www.facebook.com/story.php?story_fbid=744960130993795&id=100064394451346&mibextid=Na33Lf

މިގޮތުން މިފަދަ އޮޕަރޭޝަނުގައި އެންމެ ބޮޑަށް ބަލާނީ އުޅަނދުތައް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރޭތޯއެވެ. އަދި ސަލާމަތީ ކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައި ހުރިތޯ ވެސް ކަށަވަރު ކުރާނެއެވެ.

އެއީ މިދުވަސްވަރަކީ ސްކޫލްތައް ވެސް ބަންދުވާ ދުވަސް ވަރަށް ވެފައި އެކި ތަންތަނަށް ފުރާ މީހުން ވެސް ވަނީ އިތުރުވެފައެވެ.