އާ އަހަރާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) 2 ދުވަހަށް ބަންދު ކުރަން ނިންމައިފިއެވެ.

ބީއެމްއެލް ބުނީ މި މަހުގެ 31 ވަނަ ދުވަހު ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދު ކުރުމަށް ފަހު ދެން ބޭންކު ހުޅުވާނީ އަންނަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

އެހެންނަމަވެސް ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަންދު ދުވަސްތަކުގައި ވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައި ވެސް ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބީއެމްއެލް އިން ވަނީ މީގެ ކުރިން ވެސް އާ އަހަރު އަދި އީދު ފަދަ މުނާސަބަތުތަކާ ގުޅިގެން ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދު ކޮށްފައެވެ.