ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާ ބަލިބަޑުކަމާއެކު އެންމެ ފަހުން އާންމުކޮށް ހުޅުވާލި ޗައިނާގައި ނިއުމޯނިއާގެ ބަލިމަޑުކަމެއް ފެތުރެމުން ދާތީ ދުނިޔެގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޖަމްއިއްޔާއިން ބުނީ ކަންބޮޑުވާ މިންވަރަށް ބަލި ފެތުރެމުން އަންނަ ކަމަށާއި ގިނަ ބަޔަކު އެޑްމިޓް ކޮށް ފަރުވާ ދޭން ޖެހިފައި ވާ ކަމަށެވެ. ނަމަވެސް އެ ބަލިމަޑުކަމާ ބެހޭ ގޮތުން ޗައިނާގެ އިދާރާތަކުން އެކަށީގެންވާ މައުލޫމާތު އެ ޖަމްއިއްޔާއަށް ފޯރުކޮށް ދެމުން ނުގެންދާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.
ސިއްހީ ބައެއް މާހިރުން ބުނެފައި ވަނީ އެއީ މި ފެށުނު ފިނި މޫސުމަށް ލޮކްޑައުން އެއްކޮށް ދޫކޮށްލުމާއެކު ފެތުރުގެން ދާ ބަލިމަޑުމަކެއް ކަމަށާއި އެއީ ވަގުތީ ކަމެއް ކަމަށެވެ.
ނަަމެެވެސް ނިއުމޯނިއާ ބާރަށް ފެތުރި ފަރުވާ ނުކުރެވިދާ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ. ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަނާ ހަވާލާދީ އެ ޖަމްއިއްޔާއިން ބުނީ އެ ބަލިމަޑުކަން ފެތުރެމުން ދާކަން ޗައިނާގެ އިދާރާތަކުން އިއުލާން ކުރި އިރު ޗައިނާގެ އުތުރުބިތުގެ ސަރަހައްދުތަކުގައި ބާރަށް ބަލިމަޑުކަން ފެތުރެމުން އަންނަ ކަމަަށެވެ. އަދި ވެރިރަށް ބެއިޖިން އިންވެސް މި ބަލިމަޑުކަން ފެނިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ބަލިބަޑުކަމުގައި މިހާތަނަށް ފަރުވާ ހޮދި މީހުންގެ އަދަދުތައް ސާފު ނިވިނަމަވެސް ބެއިޖިންގެ ގެ ހޮސްޕިޓަލް އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ކުޑަކުދިންގެ ވޯޑުތައް ހިމެނޭހެން ހޮސްޕިޓަލް ފުރިބާރުވެފައި ވާ ކަަމަށާއި މައިގަނޑު ކޭސްތަކަކީ ނިއުމޯނިއާ ކަމަށެވެ. އެގޮތުން ދުވާލަކު އެވްރެޖްކޮށް 1200 އެއްހާ މީހުން އިމަޖެންސީއަށް ދައްކާ ކަމަށް ވެސް ބުނެފައި ވެއެވެ.
އަދި ބެއިޖިންގެ ސްކޫލުތަކުގައި އެބްޒެންޓް ވާ ކުދިންގެ އަދަދު ގިނަވެފައި ވާ ކަމަަށާއި ބައެއް ކްލާސްތައް އެއްކޮށް ސްކޫލަށް ނުދާތާ ހަފްތާއެއް ވެފައި ވާ ކަަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އަދި މިއީ ފިނިމޫސުން ކަމަށް ވާ އިރު އިއްޔެއިން ފެށިގެން ފިނީގެ ނިސްބަތް މަތިވާން ފަށާފައި ވާ ކަމަށާއި ބަލި އިތުތަށް ފެތުރިގެން ދިޔުމުގެ ބިރު އޮތް ކަމަށް ވެސް ބުނެއެވެ.
ޗައިނާގައި ނިއުމޯނިއާ ކޭސްތައް ކުއްލިއަކަށް އިތުރުވެގެން ދިޔަ ސަބަބު އަދި ސާފުނުވާއިރު ޑަބްލިއުއެޗްއޯގެ ކަންބޮޑުވުމަކީ އެ ބަލިމަޑުކަމާ ގުޅޭ ރަނގަޅު މައުލުމާތު ނުލިބުމާއި ޗައިނާ މީހުންނަކީ ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރާ ބަޔަކަަށް ވާއިރު ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެސް މި ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެތީއެވެ.
ނިއުމޯނިއާ އަކީ ބެކްޓީރިއާއެއްގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހި އެންމެ ބޮޑުވަރުވަނި އާންމުކޮށް ކުދަކުދިންނަށެވެ. ޑަބްލިއުއެޗްއޯގެ ރިޕޯޓުތައް ދައްކާގޮތުން ނިއުމޯނިއާގައި އެންމެ ގިނަ ބަޔަކު މަރުވަމުން ދަނީ އޭޝިއާ އާއި އެފްރިކާ ބައްރުގެ ގައުމުތަކުގައެވެ. މި ބަލީގައި މޭގައި ރިއްސުމާއި، ކެއްސުމާއި ހުން އައިސް އަނބުރާގަތުން ފަދަ އަލާމާތްތައް ހިމެނެއެވެ. ނިއުމޯނިއާ ޖެހުމުން އާންމުކޮށް ފަރުވާ ދެނީ އެންޓިބައޮޓިކްސް ބޭނުން ކޮށްގެން ކަމަށްވާއިރު ބައެއް ހާލަތްތަކުގައި ބަލިން އެއްކޮށް ފަސޭހަވާން މަސްދުވަސްވެސް ނަގައެވެ.