ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުން ނިމުމަކަށް އައީ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުންނެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށާއި ވަކިން ހާއްސަކޮށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުމަކީ ކުރަން ބޭނުންވާ ކަމެއް ކަމަށެވެ.

ނަމަވެސް މީގެ މާނައަކީ ދައުލަތަށް ހިޔާނާތްތެރިވުމުން އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދު ސަރުކާރުން ލޯ މަރާލުން ނޫން ކަމަށާއި އޭގެ މާނައަކީ ޝަރުއީ ދާއިރާ އަށް މި ހިނދުން މި ހިނދަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައުން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ މާނަ އަކީ ސަރުކާރުން ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން، އެކަން މި ނިންމީ
ރައީސް

މީގެ އިތުރުން ރައީސް ވަނީ ދިވެހި ރައްޔިތުންގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނަކީ ވެސް ދިވެއްސެއް ކަމަށާއި ދިވެހިން އަންނަނީ ލިސްޓުގެ އެއްވަނަ އަށް ކަމަށާއި އެހެން ގައުމުތައް އަންނާނީ އޭގެ ފަހަތަށް ކަމަށް ވިޔަސް އެ ހުރިހާ ގައުމުތަކާ ގުޅުން ބަދަހިކޮށް، ރަހުމަތްތެރިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު އަބަދު ވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ގައުމެއްގައި ވެސް އޮންނާނެ ރަތް ރޮނގެއް، އޮންނަން ވެސް ވާނެ ރަތް ރޮނގެއް. އެހެން ގައުމުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމައަށް އިހުތިރާމްކުރާނަން. ދިވެހި ގައުމުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ
ރައީސް

ރައީސް ވިދާޅުވީ، ދިވެހިންނަކީ މިނިވަންކަމުގެ ދަރިން ކަމަށާއި ދޫނި، އޭގެ ހާލި ބަލަހައްޓާ ފަދައިން ދިވެހިން ވެސް އައީ މި ފަސްގަނޑު މިނިވަންކަންމަތީ އެތައް ޒަމާނަކަށް ބަލަހައްޓަމުން ކަމަށެވެ.

އެއީ ދިވެހިންގެ ނަފްސާއި ފުރާނައިގެ ނިންމުން ކަމަށާއި އެކަމަށް ފުރިހަ އަށް ކަމޭހިތާނެ ކަމަށް ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ އެއްވެސް މީހަކު ނެތް ރާއްޖެއަކަށް ހަދާނެ ކަމަށް ވިދާޅުވެފައެވެ.