އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރުވެރިކަމެއް ނެތް ކަމަށް ސަރުކާރުން ބުނި ނަމަވެސް އއ. ރަސްދޫ މުވައްސާސަތުގެ މުވައްޒަފުން ތިބީ އެބިރުގައި ކަމަށް ރަށުގެ ބައެއް ރައްޔިތުން ބުނެފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އދގެ ރަށްތަކަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު އެއަތޮޅުގެ ރައްޔިތުން އަންނަނީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ.
ރަސްދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މިރަށު ފަޅު ހިމެނޭ ސަރަހައްދުގައި ބޭނުންވާ ވަރަށް ރަށެއް ހިއްކައިދޭނެ ކަމަށާއި އެރަށުގައި ޖާގަ ބޮޑު މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރަސްދޫއަށް މިވަގުތު މުއިއްޒު ވަޑައިގެންފައި ވާއިރު އެރަށު ރައްޔިތުން ބަނދަރު މައްޗަށް ވަނީ އެއްވެފައެވެ.
'ދަ ޕަރެސް' އަަށް މައުލޫމާތު ދެމުން އެރަށުގެ ބައެއް ރައްޔިތުން ބުނީ، އެރަށަކީ ކުރިން އެމްޑީޕީގެ ރަށެއް ނަމަވެސް މިހާރު އެއީ ޕީޕީއެމްގެ ރަށެއް ކަމަށެވެ.
އެގޮތުން ވާހަކަ ދެއްކި ޕީޕީއެމްގެ ސަޕޯޓަރަކު ބުނީ، ވަޒީފާ ގެއްލިދާނެ ތީ މުވައްސަސާތަކުގެ މުވައްޒަފުން މަރުހަބާ ކިޔަން ދާން ބޭނުން ވި ނަމަވެސް އެކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
މަދު ބަޔަކު އެމްޑީޕީއަށް ތާއިދު ކުރާއިރު މުއިއްޒު އަށް މަރުހަބާ ކިޔަން ބަނދަރުގައި ދަމާފައި ހުރި ބެނާ އަދި ދިދަ ފަދަ ތަކެތި ދެ މީހަކު ނަގަން މަސައްކަތް ވެސް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން އެމީހުން ހުއްޓުވައި އެސަރަހައްދުން ވަނީ ދުރުކޮށްފައެވެ.
މުއިއްޒު މިއަދު މަތިވެރިއަށް ވަޑައިގެންނެވި އިރު އެރަށުގައި މީހާކު ވަނީ ހަމަނުޖެހުން ހިންގާފައެވެ.
އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަަށަށް އެމީހާ ގެންދިޔަ ނަމަވެސް އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ހަމަލާއެއް ދޭން އުޅުނު ކަމަށް ނުބެލެވޭ ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ، އެ ރަށުގައި ދެމީހެއްގެ ދެމެދުގައި އަތުގެ އިޝާރާތުން ބޭއަދަބީ ހަރަކާތް ދައްކާ ހަމަނުޖެހުން ހިންގުމާ ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ހުރިހާ ތަނެއްގަ ވެސް ބިރު އޮތްކަން، ކެންޑިޑޭޓް އިލްޔާސްގެ މަންދޫބު ޢަމްރު އެއީ އޭގެ މިސާލެއް