ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބ. ތުޅާދޫގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ހެލްތު އަހްމަދު ނަސީމް އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސަން ހުސައިންގެ އިތުރުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއ،ި މިނިސްޓާ އޮފް ސްޓޭޓް ފޮ ހެލްތް އަހްމަދު އާދިލް އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތުޅާދޫގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި އެކޮމޮޑޭޝަން ބްލޮކަކާއި ސާވިސް ބްލޮކެއް ހިމެނޭހެން 30 އެނދު އެކުލެވޭ 2 ފަންގިފިލާގެ އިމާރާތެއް ހަދާނެއެވެ. މި މަޝްރޫއަކީ 114.50 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިމަސައްކަތް ހަވާލުވި އެމްޓީސީސީ އިން ބުނީ ބ. ތުޅާދޫގައި އިމާރާތްކުރާ މި ހޮސްޕިޓަލަކީ ރަށުގެ މުޅި އާބާދީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން ތުޅާދޫ ރައްޔިތުންނެކޭ އެއްފަދައިން ހިތާދޫ ރައްޔިތުންނަށް ވެސް އަދި އެރަށާ ކައިރީގައިވާ ގޮއިދޫ އާއި ފުޅަދ،ޫ އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެން ދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ހޮސްޕިޓަލުގެ ފައިދާ އެ ސަރަހައްދުގައި ތަރައްގީ ކުރެވޭ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ލިބިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. އަދި މިހާރު އޭދަފުއްޓަށް ނޫނީ މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް މާބަނޑު އަންހެނުން ވިހެއުމާއ،ި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި އެކްސްރޭ ނެގުންފަދަ ހިދުމަތް ހޯދުމަށް ދާންޖެހޭ ޖެހުން ނިމިގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.