ސޯޝަލް މީޑިއާ އަކީ އޭގެ ރަނގަޅު ގޮތުގައި ބޭނުން ހިފައިފިނަމަ އެއިން ވަރަށް ފައިދާ ވާނެ ވަސީލަތެކެވެ.
ނަމަވެސް އިންޑޮނޭޝިޔާ އަށް ނިސްބަތްވާ ލީޒާ ޑޭވީ ޕްރަމީތާ ސޯޝަލް މީޑިއާގެ ބޭނުން ހިފީ ނަހަމަ ގޮތުގައެވެ. އެކުވެރިޔާ މާޔާގެ އަދުން 270 ޑޮލަރު ދަރަންޏަށް ނަގައިގެން އެ ނުދެއްކިގެން އެންމެ ފަހުން ސޯޝަލް މީޑިއާގައި އޭނާ މަރުވީކަމަށް ހެދުނެވެ. މިދިޔަ ނޮވެމްބަރު 20 ވަނަ ދުވަހުގެ ކުރިން ދައްކަން އެއްބަސްވެގެން މާޔާ، ލީޒާ އަށް އެ ފައިސާ ދިނެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ މާޔާ އަށް ރައްދުކޮށްދެވިފައި ނުވުމުން މުއްދަތު އިތުރު ކުރުމަށް އެދުނެވެ. އެއާއެކު މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދޭން މާޔާ އެއްބަސްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް އެ މުއްދަތުވެސް ފަހަނަ އަޅައި ދިޔައިރުވެސް ލީޒާ އަށް އެ ފައިސާ ދެއްކިފައި ނުވުމުން އޭނާ ނިންމީ ސޯޝަލް މީޑިއާގައި އޭނާ މަރުވީ ކަމަށް ހެދޭށެވެ. ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު މާޔާ ސޯޝަލް މީޑިއާ ހާވަނިކޮށް ފެނުނީ އޭނާގެ އެކުވެރިޔާގެ ގަބުރުގެ ފޮޓޯއެކެވެ. ވަގުތުން އޭނާ މަރުވީ ކަމަށް ނިންމާ ލީޒާގެ ދަރިންނަށް ގުޅާ ހިތްވަރުކުރުމަށް ބުންޏެވެ.
ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މާޔާ އަށް ޝައްކުވީ ލީޒާ އަސްލު މަރުނުވާ ކަމަށެވެ. އެނބުރި ފޭސްބުކަށް ވަދެ އެ ފޮޓޯތައް ރަނގަޅަށް ބެލުމުން އެނގުނީ ގޫގްލް އިން ނަގާފައި ހުރި ފޮޓޯތަކަކަށް ލީޒާގެ މޫނު ލާފައި ހުރި ކަމަށެވެ. ޝައްކުވުމާއެކު ލީޒާގެ ދަރިފުޅަށް މާޔާ ގުޅުމުން ދަރިފުޅުވެސް އެކަމަށް އެންމެ ފަހުން އެއްބަސްވިއެވެ.
އަހަރެން ލީޒާ ޑޭވީ ދަންނަން. ވަރަށް ގިނައިން އިންޑޮނޭޝިއާ އަށް ވިޔަފާރި ދަތުރު ތަކުގައި ގޮސް އުޅެން. ލީޒާގެ މައުސޫމް ކަމުގެ ދަޅަ ދައްކައިގެން އެކި މީހުން އަތުން ފައިސާ ނަގާ. އެހުރިހާ ފައިސާ ޑާންސް ކުލަބު ތަކަށް ގޮސް ރަލަށާއި ޑުރަގަށް ހުސްކޮށްލާ. ކުދިން ކޮޅު ތިބެނީ ނުކައި ނުބޮއި. ފިރި މީހާ ވަނީ 3 އަހަރު ކުރިން ޖަލަށް ލެވިފަ.މަ ގޭ އަތުން ވެސް 500 ޑޮލަރު ހޯދި. އާ ބްރޭންޑެއްގެ ދޮންނަކުނޑި އެއް ހޯދަދޭނެ ކަމަށް ބުނެ. އަހަރެން ވެސް ރާއްޖެއަށް އެ ގެނެސް ފައިދާ ވާނެ ކަމަށް ބަލާ ފައިސާ ދިނީ. ފަހުން ފިލައިގެން އުޅެނިކޮށް ޑްރައިވަރެއް އަހަންނަށް ލީޒާގެ ގެ ދެއްކީ. އެދުވަހު އަހަރެންގެ ހިތަށް ކެއްނުކުރެވިގެން ކުދިން ކޮޅު ތިބި ހާލު ފެނި އިތުރަށް ކާނެ އެއްޗެއްސާ ކިރާއި ޖޫސް ގަނެފަ ދިނިން. ރާއްޖެ އަށް އަހަންނާ އެކު އަންނާށޭ ބުނީމަ ވެސް ނައި. އުޅުނީ ވިސާ ހައްދަންށޭ ކިޔާފަ އަހަރެން އަތުން އޮޅުވާލައިގެން އިތުރަށް ފަައިސާ ހޯދަން. ވަރަށް ރީތި ކުއްޖެއް ލީޒާ އަކީ. އެކަމަކު އެއްވެސް އުޅުމެއް ނެތް.