މިސްކިތުގެ ހުރުުމަތްކަނޑާ މީހުން ސިކުޑި ހަމަ ނުޖެހޭ ކަމަށްބުނެ ދޫކޮށްލުމަކީ ބަލަގަނެވޭނެ ކަމަށް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ ރޭގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މީހަކު ރޭ ހައްޔަރުކޮށްފައި ވަނިކޮށެވެ.
މުއިއްޒު ވަނީ އެ ފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފަސްނުޖެހި ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވާފައެވެ. އަދި ކޮންމެ ފަހަރަކު އެފަދަ މީހުނަކީ ސިކުނޑި ހަމަނުޖެހޭ މީހުންނަށް ހަދާ ނިންމާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުއިއްޒު ވަނީ ވިދާޅުވިއެވެ.
މީގެ މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ހަސަން ޒިޔާދު ކިޔާ ދިވެއްސަކު ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމު ގޮސްފައި ވާއިރު އޭނާ ހައްޔަރުކުރުމަށް ފަހު ސިކުނޑިހަމަނުޖެހޭ މީހެއް ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް ޖެންޑާއިން އޭނާގެ ސިކުނޑީގެ އުނިކަމެއް ނެތް ކަމަށް ބުނެފައި އޮއްވާ އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ދެން ދުލެއް ނުކުރެއެވެ.
މިދިޔަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު އައްޑޫސިޓީ ފޭދޫގެ މަސްޖިދުލް އަމާނި މިސްކިތައް ބޮޑު ކަމުދިޔަ މީހާ ހައްޔަރުކުރުމަށް ފަހު ބަންދުގައި ބަހައްޓައިފިނަމަ ހާލު ގޯސްވެދާނެތީ ކަމަށް ބުނެ ވަނީ ދޫކޮށްލާފައެވެ.