މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އިތުރުން މުދާ އުފުލާ އެންމެ ބޮޑު ބޯޓުފަހަރުގެ ތެރޭގައި ހިމެނޭ އެވާ ގިވެން ބޯޓު، އެ ކަނޑުއޮޅީގައި ތާށިވުމާއެކުގައިވެސް، މިސްރުގެ ސުއޭޒް ކެނަލް އަށް 2021 ގައި ރެކޯޑް އަދަދުން އާމްދަނީ ލިބިފައި ވާ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީ (ސީއެސްއޭ) އިން ބުނެފިއެވެ.

ސީއެސްއޭގެ އިސްވެރިޔާ އުސާމާ ރާބީ ވިދާޅުވީ، 2021 ވަނަ އަހަރު އެ ކަނޑުއޮޅިން 1.27 ބިލިއަން ޓަނުގެ މުދާ ހުރަސްކޮށްފައި ވާ ކަމަށެވެ. އަދި ޓްރާންސިޓް ފީގެ ގޮތުގައި 6.3 ބިލިއަން ޑޮލަރު ލިބިފައި ވާއިރު، މިއީ ކުރީ އަހަރާ އަޅާ ބަލާއިރު 13 ޕަސެންޓްގެ ކުރި އެރުމެއް ކަމަށާ، މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދު ކަމަށްވެސް ރާބީ ވަނީ ވިދާޅުވެފައެވެ.

2020 ވަނަ އަހަރު، ދުވާލެއްގެ މައްޗަށް 18830 ބޯޓު، ސުއޭޒް ކެނަލް ހުރަސް ކޮށްފައި ވާއިރު، 2021 ވަނަ އަހަރު، މި އަދަދު ވަނީ 20694 އަށް އަރާފައެވެ. ނުވަތަ ދުވާލެއްގެ މައްޗަށް 56 ބޯޓު، އެ ކަނޑުއޮޅި ހުރަސް ކޮށްފައި ވެއެވެ.

ރެޑް ސީއާއި މެޑިޓަރޭނިއަން ކަނޑު ގުޅާލަދޭ ސުއޭޒް ކެނަލް އަކީ، ދުނިޔޭގެ ފެންވަރުގައި ކަނޑުމަގުން ކުރާ ވިޔަފާރި ދަތުރުތަކުގެ 10 ޕަސެންޓް ހިއްސާ ކުރާ ކަނޑުއޮޅިއެކެވެ. އަދި މިއީ މިސްރަށް އިންތިހާ ބޭނުން ޖެހިފައި ވާ ބޭރު ފައިސާ ހޯދުމަށް އެ ގައުމަށް އޮތް މުހިންމު މަސްދަރެއް ވެސް މެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން