އިންޑިއާ އައުޓް ދިވެހިންނަށް ނުކިޔޭނެ ކަމަށާއި ދިވެހީންނަށް އިންޑިއާގެ ދައުރު ނޯޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާލުވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހްމާން އަބްދުﷲ (އަދުރޭ) ހޫނު ރައްދެއް ދެއްވައިިފިއެވެ.

ރައްޔިތުން އިންޑިޔާ އައުޓް ކިޔަމުންދާ ސަބަބު ހާމަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށެވެ. އަދި ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ ކަމަށާއި ކިޔާނެ ކަމަށާއި އަދި އެކަން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތީމަ ރައްޔިތުން އިންޑިޔާ އައުޓް ކިޔަނީ. ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ. ކިޔާނެ. އެ ކަމެއް ނުހުއްޓުވޭނެ. އެ ކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ. މީ ދިވެހީންގެ ދިވެހިރާއްޖެ"
އަދުރޭ

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތެއް ހިންގަމުންނެވެ. އެ ގޮތުން އެ ހަރަކާތްތަގައި މިނިވަންވެ ވަޑައިގަތްފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. އެ ގޮތުން އިއްޔެ ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތުގައި ޔާމީން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ކެމްޕޭނާ ގުޅިގެން ނަޝީދު ވަނީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅުވާލެވޭނެ ދައުރެއް ނޫން ކަމަށް މިއަދު ވިދާޅުވެފައެވެ. އަދި އެފަދައިން އެކަން އޮތުމުން "އިންޑިއާ އައުޓް އެކޭ" ވެސް ދިވެހިންނަށް ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އިންޑިއާ އައުޓް އިދިކޮޅުން ގޮވަމުން ދަނީ، އިންޑިއާ ސިފައިން ރާއްޖެއަށް އައިސް ރާއްޖޭގެ މިނިވަން ކަމށް ބުރޫ އަރުވާނެ ކަމަށް ބުނަމުންނެވެ. އަދި ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި އިންޑިއާގެ ސަގާފަތް ދިވެހިންގެ ތެރޭ ފެތުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އދިކޮޅުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން މިކަން ދިގުކޮށް ސަލަމާތަށް ނުރައްކަލެއް ނެތް ކަމަށާއި އިންޑިއާއެކު އޮތް ދާހިލީ ގުޅުން ވަރުގަދަ ކުރަމުންދާ ކަމަށާއި އެކަމުން ދެ ގައުމަށް ވެސް ފައިދާ ވާނެ ކަމަށް ސަރުކާރުން އަންނަނީ ތަކުރާރު ކޮށް ބުނަމުންނެވެ.