ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މެންޑޭޓާއެކުގައި ކަަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، 'ދަ ހިންދޫ' ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމާ ގުޅޭ ގޮތުންނާއި ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމުގެ ވިސްނުންފުޅު ހުރިކަން ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެއްވެސް ސިޔާސީ ވާދައަކަށް ކުރިމަތިލައްވާ ނަމަ އަސާސަކަށް ވާނީ، ބަދަލެއް ގެނައުމަށް މެންޑޭޓެއް އޮތުން ކަމަށެވެ. އެއީ ރިޔާސީ އިންތިހާބު ކަމަށް ވިޔަސް ނިޒާމު ބަދަލު ކުރުން ކަމަށް ވިޔަސް، އެ ކަމެއް ކުރައްވާނީ ބަދަލެއް ގެނައުމަށް މެންޑޭޓެއް އޮވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމް ގެނައުމަށް ކުރި މަސައްކަތް ފުނޑުފުނޑުވި ގޮތް ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރާތާ 13 އަހަރު ވެފައިވާ އިރު އެ ގާނޫނު އަސާސީ އެންމެ ފުރަތަމަ ބައްޓަން ކުރަމުން ދިޔައީ ބަރުލަމާނީ ނިޒާމަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް އޭރުގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވަނީ ބަރުލަމަނީ ނިޒާމާއި ރިޔާސީ ނިޒާމްގެ ތެރެއިން ފެންނަ ނުފެންނަ ވޯޓަކަށް އަހައި އެ ވޯޓުގެ ނަތީޖާ އިން ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމާފައި ކަަމަށެވެ.
ވޭތުވެ ދިޔަ 13 އަހަރުގެ ތެރޭގައި އެ ގާނޫނު އަސާސީ ހިންގާފައި ވާއިރު، އޭގައި ބައެއް ކަހަލަ ފުށޫއަރާ ފަދަ ކަންކަން އެބަ ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ ގާނޫނު އަސާސީގައި ދެ ޕަވާ ސެންޓަރު އުފެއްދުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މިހާރު މަސައްކަތް ކުރައްވަނީ ދައުލަތް ހިންގުމުގެ ބާރު މިހާރު އޮންނަ ގޮތަށް ދެ ތަނެއްގައި ނޯންނާނެ ގޮތެއް ހެދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުވެއްޖެ ނަމަ ގާނޫނު ހަދާ މަޖިލީހާއި ވެރިކަން ހިންގުމުގެ ބާރާ ދެމެދު ބާރުތައް ހިއްސާކުރެވޭނެ ކަމަށާއި ފަސޭހައިން އޭރުން ވެރިކަން ހިންގޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައި ބަދަލުތައް ގެންނަޖެހޭ ކަންކަން ބައްލަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމެއް ކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބެއް އޮވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށް ނަޝީދު މިދިޔަ ޖުލައި މަހު ވިދާޅުވެފައި ވެއެވެ.
ކިހިނެއް ވެގެން އުޅޭ ބަރުލަމާނިއެތްތަ މޯދީޔަށޤ ވާންއުޅެނެ ތިވަރުން ދަންޔާ މޯދީ އަދިކަލަކަށްވެސް ހަދާނެ ތިކަންތައް ހުއްޓާލާފާ ސުވަރުގެ ދެވޭނެ މަގެއް ހޯދަބަލަ ކިހާދުވަހަކު ދުނިޔޭގަ އުޅެވޭނެކަމަށްތަ ތިއުޅެނީ
ބަރުލަމާނީ ރައީސް އަކީ ހުރިހާ ރަށްޔިތުން ތާއީދު އޮތް ރައީސެއް ނޫން އެއީ މަޖްލިސްގައި އުޅޭ ކުޑަމީސްކޮޅެއް ތާއީދު އޮންނަ ރައީސްއެއް ވަރަށް ވަރަށް ސާފް ހުރިހާ ރަށްޔިތުންނޭ ސަމާލުވޭ