އިސްލާމީ މަރުކަޒުގައި ނަމާދަށް ތިއްބާ މީހަކު މިސްކިތައް އަރާ ކުޑަކަމު ގޮސްފިއެވެ.

ފުލުހުން ބުނީ ހުކުރު މިސްކިތް ތެރެ އަށާއި ރައީސް އޮފީހުގެ ގޭޓަށް ކުޑަކަމު ދިޔުމުގެ އިތުރުން އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބާ މީހަކު ކުޑަކަމުދިޔަ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ފުލުހުން މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ކުޑަކަމު ގޮސްފައި ވަނީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މަޣުރިބް ނަމާދު ކުރަން ތިއްބާ، އިމާމުގެ ކުރިމަތިން ގިބްލައަށް ވާގޮތަށެވެ.

މީހަކު ކުޑަކަމު ދިޔަ ހާދިސާ މިއަދު ހިނގާފައި ވާއިރު އިސްލާމީ މަރުކަޒަށް އަރާ މީހަކު އޮރިޔާން ވި މައްސަލައެއްވެސް މީގެ ކުރިން ހިނގާފައިވެއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބިދޭސީްތަކެއް ނެށި މައްސަލައެއްވެސް ކުރިން ފެންމަތިވިއެވެ.