އިންސާނާގެ ޝަހުސިއްޔަތު ބެހިގެން ވަނީ މައިގަނޑު 4 ބަޔަކަށެވެ. އޭގެ ތެރޭގައި ހަޔާތުގައި ކުރިމަތިވާ އިމްތިހާނުތަކުގައި އުއްމީދާއެކު ކުރިއަށް ދާ މީހުންނާއި، ވަކި ހިސާބާކުން ހިތްވަރު އެލޭ މީހުންނާއި، މީހުންނަށް ބަރޯސާވެ ކުރިއަށް ދާ މީހުންނާއި އެހެން މީހުންނަށް ލިބޭ ކާމިޔާބީއާ މެދު ހިތްހަމަ ނުޖެހޭ މީހުން ހިމެނެއެވެ. މި ދިރާސާއިން ދައްކާގޮތުގައި އެންމެ ގިނަ މީހުން ނިސްބަތްވަނީ މީހުންނަށް ލިބޭ ކާމިޔާބީއާ މެދު ހިތްހަމަ ނުޖެހޭ މީހުންނެވެ.
ސްޕެއިންގެ ޔުނިވާސިޓީއެއްގައި ކުރި މި ދިރާަސާގައި 541 ވޮލަންޓިއަރުން ބައިވެރިވެފައި ވާއިރު މައުލޫމާތު އެއްކުރުމަށް އެކިކަހަލަ ގޮންޖެހުންތަކާ އެމީހުން ކުރިމަތިލިއެވެ.
މިދިރާސާގައި ބައިވެރިވި އިލްމީ މާހިރެއް ކަމަށްވާ އެންޒޯ ސަންޗޭޒް ބުނިގޮތުގައި ބައިވެރީންގެ ފަރާތުން ދެމީހުންގެ ގުރޫޕު ހެދުމައް އެދުމުން ހަވާލު ކުރެވޭ މަސައްކަތުގެ ކޮންމެ މަރުހަލާއަކަށް ފަހު އަދި ކޮންމެ މަސައްކަތަކަށް ފަހު ބައިވެރިޔާ ބަދަލުކުރިއެވެ. މިކަން މިގޮތައް މެދުވެރިވާން ޖެހޭ ސަބަބަކީ މީހުންގެ ޝަހްސިއްޔަތު ތަފާތުވުން ކަމަށް އޭނާ ބުނެއެވެ.
މި ދިރާސާގެ ނަތީޖާ ވަރަށް ގިނަ ނަޒަރިއްޔާތަކާ ހިލާފު ވާކަމައް ސްޕެއިންގެ ޔުނިވާސިޓީން ބުނެފައިވެއެވެ. މިސާލެއްގެ ގޮތުގައި ސަންޗޭޒް ހުށަހެޅީ އިންސާނުންނަކީ ވަރަށް ވިސްނާފައި ކަންތައްތައް ނިންމާ ބައެކޭ ބުނާ ބުނުމެވެ. އެގޮތުން ކުންފުނިތަކުގެ އިޖުތިމާއީ އަދި އިގްތިސޯދީ މިންގަނޑުތައް ކަނޑައަޅާ އިރު މިކަންތަކާ މެދު ވިސްނަންޖެހޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
މި ދިރާސާއަށް ފަހު އިލްމީ މާހިރުން ވަނީ މި ހަތަރު ޝަހްސިއްޔަތު ވަކި ކުރެވޭފަދަ ކޮމްޕިއުޓަރު ޕުރޮގުރާމެއް އުފައްދާފައެވެ. މިޕުރޮގުރާމުން 90 ޕަސެންޓް މީހުން ހަތަރުބައިގެ ތެރެއިން އެމީހަކު ނިސްބަތްވާ ބަޔަކައް ލެވެއެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ އެހެންމީހުންނަށް ވުރެ މޮޅުވާން ބޭނުންވާ މީހުންނެވެ. މިއީ ބައިވެރިވި މީހުންގެ 30 ޕަސެންޓެވެ. 20 ޕަސެންޓަކީ ބައިވެރިޔާ ނިންމާ ނިންމުމަކީ އެމީހަކަށް ވެސް އެންމެ ރަނގަޅު ނިންމުން ކަމުގައި ބަލާ މީހުންނާއި އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތެއް ހިޔާރު ކުރާ މީހުންނާއި ހުރިހާ ކަމަކަށް ވެސް އާނބަސް ބުނާ މީހުންނެވެ. މީގެ އިތުރުން އެއްވެސް ބަޔަކަށް ނިސްބަތްނުވާ 10 ޕަސެންޓް މީހުންވެސް ތިއްބެވެ. މިބަޔަކީ މަތީގައި ބަޔާން ކުރި ގުރޫޕުތަކަށް އެއްވެސް ވަރަކަށް ނިސްބަތް ނުވާ މީހުން ވަކިކުރުމަށް ހަދާޕައިވާ ބައެކެވެ.
މީހުންގެ ޝަހްސިއްޔަތު ދެނެގަތުމަކީ ތިމާއާއި ތިމާއާއެކު ދިރިއުޅޭ މީހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވާ ކަމެކެވެ. އެކަކު އަނެކެއްގެ ޝަހްސިއްޔަތު ދެނެގަތުމުގެ ސަބަބުން އެހެން މީހުންގެ ބޭނުންތައް ދެނެގަތުމަށް ފަސޭހަވެއެވެ.