މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ)ގެ ޗެއާމަނަކަށް މި އަހަރު ވެސް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އައްޔަން ކޮށްފިއެވެ.

އޭނާ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި މަޓީގެ 31 ވަނަ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާ ވާޗުއަލްކޮށް ބައްވާފައިވާ އިރު، އެ ޖަމިއްޔާގެ 78 މެންބަރުން ވަނީ ބައިވެރިވެފައެވެ.

މަތީގެ ބޯޑަށް އިންތިހާބުވި މެންބަރުގެ ތެރޭގައި ޗެއާމަން ކަމަށް އެމްޔޫ މަނިކު އައްޔަން ކޮށްފައިވާ އިރު ވައިސް ޗެއާމަންގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ޗަންޕާ ހުސައިން އަފީފެއެވެ.

މަޓީގެ ބޯޑަށް އިންތިހާބުވި މެންބަރުން:

  • މުހައްމަދު އުމަރު މަނިކު: ޗެއާމަން
  • ހުސެއިން އަފީފު: ވައިސް ޗެއާމަން
  • ސޮލާހު ޝިހާބު: ވައިސް ޗެއާމަން
  • އަހުމަދު ނަޒީރު: ސެކްޓަރީ ޖެނެރަލް
  • އައްސަދު އަލީ: ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް
  • އަހުމަދު ސިޔާމް މުހައްމަދު: އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ނޫރައްދީން: އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ޝިޔާން ގާސިމް: އެގްޒެކެޓިވް ބޯޑު މެންބަރު
  • އިބްރާހިމް ސިޔާދު ގާސިމް: އެގްޒެކެޓިވް ބޯޑު މެންބަރު
  • ޒުހައިލާ މަނިކު: އެގްޒެކެޓިވް ބޯޑު މެންބަރު
  • އައިޝަތު ނީނާ އަހުމަދު: އެގްޒެކެޓިވް ބޯޑު މެންބަރު
  • ގޯޑަން އެންޑްރިއު ސްޓުއާޓް: އެގްޒެކެޓިވް ބޯޑު މެންބަރު

މަޓީގެ ބޯޑުގެ މެންބަރުން އިންތިހާބު ކޮށްފައި ވާއިރު ގިނަ މެބަރުންނަށް ބަދަލެއް ނާންނަ ކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ މަޓީއަކީ ސަރުކާރުން ހިންގާ ގިނަ ސިޔާސަތުގައި ގޮތް ކިޔައި ޖަމިއްޔާއެކެވެ.