އަޕްގްރޭޑް ކުރުމަށް މާލެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން މިރޭ ހެންވޭރުގެ ބައެއް ގެތަކުން ފެނުގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
ފެން ކުންފުނިން ބުނީ މިރޭ ފެނުގެ ހިދުމަތް މެދުކެނޑޭނީ ރޯޝަނީ މަގުގައި ހުންނަ ބައެއް ގެތަކާއި ކާނި ގޯޅީގައި ހުންނަ ގެތަކުން ކަމަށެވެ. އެގޮތުން މިރޭ 11:00 އިން ފެށިގެން ފަތިހު 5 އާ ދެމެދުގެ ވަގުތަކަށް އެ ސަރަހައްދުގައި ހިމެނޭ ގެތަކުން ފެނުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއެސްސީން ވަނީ މިރޭ ފެނުގެ ހިދުމަތް ކެނޑުމަށް ހަމަޖެހިފައިވާ ސަރަހައްދު ޗާޓުން ފެންނާނެ ހެން ފާހަގަކޮށް ހިއްސާކޮށްފައެވެ. އެ ޗާޓުން ފެންނަ ގޮތުގައި ރޯޝަނީ މަގުގެ ސޯސަން މަގާ ގުޅޭ ސަރަހައްދުން ފެށިގެން ކަސްތޫރިމަގާ ދެމެދުގައިވާ ގެތަކުން ފެން ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކާނި ގޯޅީގައިވާ ހުރިހާ ގެތަކަކުން ވެސް މިރޭ ފެން ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.