މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 111 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި 5526 ސާމްޕަލް ޓެސްޓުކޮށްފައި ވާ އިރު ޕޮޒިޓިވް ވެފައި ވަނީ 111 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 54 މީހަކާއި، އަތޮޅުތެރެއިން 52 މީހަކާއި ރިސޯޓްތަކުން 5 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 111 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 82475 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 227 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 13 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 551 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 178 މީހަކު މަރުވެފައެވެ.

މި ވަގުތު އެކްޓިވް ކޭސްގެ އިތުރުވެ 2081 މިީހަކު ކޮވިޑް ޖެހިފައި އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.