ވެލާނާ އެއާޕޯޓުގައި ހުންނަ ތެޔޮ ތާނގިން ތެޔޮ ލީކް ވަނީ ނޫން ކަމަށާއި އެއީ އޯވާފްލޯ އެއް ކަމަށް އެމްއޭސީޢެލުން ބުނެފިއެވެ.

ވެލާނާ އެއާޕޯޓް ތެޔޮ ތާނގީގެ މަތިން ތެޔޮ ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑިއާގައި އާންމުވުމާ ގުޅިގެން ސުވާލު ކުރުމުން އެމްއޭސީލުން ބުނީ، އެއީ ތާނގިތަކުން ތެޔޮ ލީކް ވަނީ ނޫން ކަމަށެވެ. ނަމަވެސް އެ ވާގޮތަކީ ތާނގިތައް ފުރިގެން ތެޔޮ އޯވަފްލޯ (ތެޔޮ ބޭރުވުން) ވަނީ ކަމަށާއި އެ ތެޔޮ ފޭބިޔަސް އެ ތެޔޮ އިސްރާފް ނުވާނެ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އެ ތާނގިތައް ހުންނަ ސަރަހައްދު ފަރުމާ ކޮށްފައި ހުންނަނީ ތެޔޮތާނގި ފުރުމުން ތެޔޮ ބޭރުވާ ގޮތަށް ކަމަށާއި ފައިބާ ތެޔޮތައް ވެސް އެއްކުރެވި ފިލްޓާ ކުރުމަށް ފަހު އަނބުރާ ތެޔިތާނގިއަށް އެެޅޭ ކަމަށެވެ.

އާންމުވެގެން އުޅޭ ފޮޓޯއިން ފެންނަ ގޮތުގައި އެ ތާނގިތަކުގެ ތެރެއިން ތާންގެއްގެ މަތިން ބައިވަރު ތެޔޮ ފައިބާ މަންޒަރު ފެނެއެވެ.