މ. މަރުޖާނުގެއިން ފެނުނު ހަރުފައެއް ހިފައި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މ. މަރުޖާނުގެ އިން ހަރުފައެއް ފެނުމާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަރވިސެސްއިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ. މި ހާދިސާ ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:33 ހާއިރު ކަމަށާއި، އެ ހަރުފަ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާ ހަވާލުކޮށްފައި ކަމަށެވެ.

މާލޭގެ ގެއަކުން ފެނިގެން ހިފާފައިވާ ހަރުފަ

ދޭތެރެ ދޭތެރެެއިން މިފަދަ ރާއްޖެއިން ނުފެންނަ ޒާތްޒާތުގެ ހަރުފަ ފަދަ ތަކެތި ފެންނަ ކަމަށް އަންނަނީ ރިޕޯޓު ކުރަމުންނެވެ. އެ ގޮތުން މިދިޔަ މަހުގެ 12 ވަނަ ދުވަހު އެމްޕީއެލް ސަރަހައްދު ފަޅުތެރެއިން ހަރުފައެއް ވަނީ ފެނިފައެވެ. އެއީވެސް ރާއްޖެއިން ނުފެންނަ ބާވަތުގެ ހަރުފައެއް ކަމަށް ބެލެވެއެވެ. އެ ހަރުފަވެސް ވަނީ ފުލުހުންނާ ހަވާލު ކޮށްފައެވެ.

މީގެ އިތުތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެއިން އާންމުކޮށް ނުފެންނަ ބޮނޑުގެ ބާވަތެއް ކަމަށްވާ "ވައިލްޑް އިގުއާނާ" އެއް ވެސް އެމްޕީއެލްގެ ސަރަހައްދުން ވަނީ ފެނިފައެވެ.