ކޮވިޑާ ގުޅިގެން ގދ.މަޑަވެލި މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

މަޑަވެލި ހެލްތް ސެންޓަރުން ބުނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ ގދ.ކާޑެއްދޫ އިން ޕޮޒިޓިވްވި މުވައްޒަފަކާ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްގެ ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ

އޮގަސްޓް 23 ވަނަ ދުވަހު ނެގި އެ މުވައްޒަފުގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލް މިއަދު ވަނީ ޕޮޒިޓިވް ވެފައި ކަމަށް އެ ސެންޓަރުން ބުނެއެވެ.

އެ ސެންޓަރުން ވަނީ ކާޑެއްދޫގައި މަސައްކަތް ކުރާ މަޑަވެލީގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް މަރުކަޒަށް ގުޅުމަށް އެދިފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް މަޑަވެލި ވަނީ މޮނިޓަރިންނަށްލާފައެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގަައި އޮތީ 17 ރަށެކެވެ.

އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އަންގާރަ ދުވަހު ގދ. ގައްދޫއެވެ. މިމަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތީ 12 ރަށެކެވެ. އެއީ އއ. ހިމާންދޫ، އދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ ، މ.މަޑުއްވަރީ، ކ.ގާފަރު، ފުވައްމުލަކު ސިޓީ އާއި ގދ. ގައްދޫ އަދި ގދ.މަޑަވެލިއެވެ.

މި ލިސްޓުގައި ދެން އޮތީ 5 ރަށެކެވެ. އެ ރަށްރަށުގެ ތެރެއިން 4 ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. އެއީ ކ. ކާށިދޫއާއި، ށ. ފީވަކާއި، ހއ. ތަކަންދޫއާއި، ދ. ކުޑަހުވަދޫއެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.