ގައުމުތަކުގެ އިގުތިސޯދީ ހާލަތަށް ރިޔާއަތް ކޮށް ރޭޓިން ކުންފުނި މޫޑީސް އިން ރާއްޖެއަށް ދީފައި އޮތް ބީ3 އިން ސީއޭއޭ1 އަށް ދަށް ކޮށްފިއެވެ.
މޫޑީސްގެ ރޭޓިން ދަށްކުރުމާ ގުޅިގެން ސަރުކާރުން ކަންބޮޑޫވުން ފާޅުކޮށް، ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މޫޑީސް އިން ރޭޓިން ދަށް ކުރީ ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ރަނަގޅަށް ނުބަލާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މޫޑީސް އިން މިދިޔަ އަހަރުގެ މޭމަހު ހެދި ރޭޓިން އަށް ފަހު ރާއްޖޭގެ އިގުތިސޯދީ ހާލަތަށް އައި އެދެބޭ ބަދަލުތަކަށް ރަނގަޅަށް ރިޔާއަތް ނުކުރާ ކަމަށެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގިސޯދަށް ބޮޑު ލޮޅުމެއް އައި ނަމަވެސް ރާއްޖޭގެ އިގިސޯދަށް އެދެވޭ ކުރިއެރުމެއް ލިބި އިގުތިސޯދު މިހާރު ހުރީ ދަރަނި ދެއްކޭ ހާލަތުގައި ކަމަށެވެ. ކޮވިޑް-19 ގެ ހާލަތުގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި 62 ޕަސެންޓުން 115 ޕަސެންޓަށް އުފުލުނު ނަމަވެސް އެ އަދަދު މިހާރު ދަށް ކުރެވި، މެދުރާސްތާއެއްގައި ރާއްޖޭގެ ޖީޑީގެ ކުރިއަރާނެ ކަމަށް ބުނެއެވެ.
އަދި އިގުތިސޯދީ ގޮތުން ބަލާއިރު ދަރަނި ނުދެއްކޭނޭ ހާލަތެއް ދިމާ ނުވާ ކަމަށާއި ލަސް ނުކޮށް ދަރަނި ދެއްކޭނެ ގާބިލުކަންވެސް ލިބިފައި ވާކަމަށެވެ.
މޫޑީސް އިން ރާއްޖޭގެ އިގުތިސޯގީ ހާލަތު މިންކުރާ ގޮތް (އައުޓްލުކް) ނެގެޓިވް އިން ސްޓޭބަލް އަށް ބަދަލު ކުރި ނަމަވެސް އެ ކުންފުނިން ބުނެފައި ވަނީ ރާއްޖޭގެ ދަރަނި ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވި ނަމަވެސް ދަރަނި ދެއްކުމުގައިވެސް ލަސްތަކެއް ވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.