މިއަދު ޖުމްލަ 106 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 16 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 78 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 12 މީހެއް ކަމަށެވެ.

މިއާއެކު މިއަދު 133 މީހަކު ވަނީ ކޮވިޑް ބަލިން ފަސޭހަ ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު މިވަނީ 1652 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 222 އަށް އަރާފައެވެ. މި މަހު ކޮވިޑް ބަލީގައި މަރުވެފައި ވަނީ އެންމެ މީހެކެވެ. އެއީ މި މަހުގެ ދެ ވަނަ ދުވަހު މަރުވި މީހެކެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 529 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 173 މީހަކު މަރުވެފައެވެ.