ގދ. ތިނަދޫ، އދ. ދަނގެތި އަދި ގއ. މާމެންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިކަމާއ ގުޅިގެން ތިނަދޫ ކައުންސިލުން އިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެއީ؛

  • ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކުރާ ފަރާތްތަކާއި ވެލިނަގާ ފަރާތްތައް ފިޔަވައި ތިނަދޫ ކައުންސިލުގެ ހުއްދަނެތި ރަށުން ބޭރަށް ދަތުރުކުރުމާއި ރަށަށް އައުން.
  • އިމާޖެންސީއެއްގައި (ހޮސްޕިޓަލުގެ ހުއްދަ ލިބިގެންމެނުވީ) ތިނަދޫއަށް ޒިޔާރަތް ނުކުރުން.
  • ކުޅިވަރު ދަނޑުތަކާއި ދުވާ ޓްރަކާއި ގޭގެއަށް ޒިޔާރަތް ނުކުރުން.
  • ސްކޫލްތަކާއި ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތަކުގައި ކިޔަވައިދިނުން މެދުކަނޑާލުން.

ތިނަދޫ ކައުންސިލުން ބުނީ ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި އެޗްޕީއޭ އިން ރަށުގެ މޮނިޓަރިން އުވާލިކަން އަންގަންދެން އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ ކުރިންވެސް ޕޮޒިޓިވް ކޭސް ފެނިގެން މި 3 ރަށްވެސް މޮނިޓަރިއަށް ލިޔެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ތިނަދޫއިން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 16 ރަށެކެވެ. އެއީ ހދ. މަކުނުދޫ، ހއ. ތަކަންދޫ، ހއ. އިހަވަންދޫ، ހއ، ނެއްލައިދޫ، އދ.ހަންޏާމީދޫ، އދ. ދަނގެތި، ގދ. ތިނަދޫ ، ގއ.މާމެންދޫ، ށ. ފީވައް، ރ. ދުވާފަރު، ބ.އޭދަފުށި، ބ. ކަމަދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ އާއި ތ. ހިރިލަންދޫއެވެ.