މިއަދު ރަށްރަށުން 92 މީހަކާއެކު ޖުމްލަ 137 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 30 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 92 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 15 މީހެއް ކަމަށެވެ.

މިއާއެކު މިއަދު 246 މީހަކު ވަނީ ކޮވިޑް ބަލިން ފަސޭހަ ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްގެ އަދަދު މިވަނީ 1626 އަށް ދަށްވެފައެވެ. އިއްޔެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1735 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 79،137 އެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 222 އަށް އަރާފައެވެ. މި މަހު ކޮވިޑް ބަލީގައި މަރުވެފައި ވަނީ އެންމެ މީހެކެވެ. އެއީ މި މަހުގެ ދެ ވަނަ ދުވަހު މަރުވި މީހެކެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 526 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 173 މީހަކު މަރުވެފައެވެ.