މިއަދު ރަށްރަށުން 79 މީހަކާ އެކު ޖުމްލަ 111 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 24 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 79 މީހަކާއި މިވަގުތު ހިންގަމުން ގެންދާ ރިސޯޓު ތަކުން 8 މީހެއް ކަމަށެވެ.

މިހާތަނަށް ބަލި ޖެހުނު ޖުމްލަ މީހުންގެ ތެރެއިން ޖުމްލަ 76،732 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލިން ރަނގަޅު ވި މީހުން އުނި ކުރުމުން އެކްޓިވް ކޭސްގެ އަދަދު މިވަނީ 1960 އަށް ދަށްވެފައެވެ. އިއްޔެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2090 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 78،926 އެވެ. މިއަދި މަރުވި މީހުންގެ އަދަދު ޖުމަލް މިވަނީ 222 އަށް އަރާފައެވެ. މި މަހު ކޮވިޑް ބަލީގައި މަރުވެފައި ވަނީ 1 މީހެކެވެ. އެއީ މި މަހުގެ 2 ވަނަ ދުވަހު މަރުވި މީހެކެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 524 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މިއަހަރު މިހާތަނަށް 64،709 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި ބަލީގައި މި އަހަރު ވަނީ 173 މީހަކު މަރުވެފައެވެ.

111 މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ އިރު އިއްޔެ ވަނީ ކޮވިޑް ޖެހިގެން 125 މީހަކު ޕޮޒިޓިވް ވެފައެވެ