މި އަހަރު އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން އިން ބުނީ، މި އަހަރުގެ އޯލެވެލްގެ ނަތީޖާ މިއަދު ހެނދުނު 10:00 ގައި އަދި އެސް.އެސް.ސީގެ ނަތީޖާ މިއަދު މެންދުރު ފަހު 13:00 ގައި އިމްތިހާނު ސެންޓަރުތަކަށް ލިބޭނެ ކަމަށެވެ. އެ ސެންޓަރުތަކަށް ނަތީޖާ ލިބުމާ އެކު ނަތީޖާ ދޫކުރުމުގެ ކަންކަން އިންތިޒާމު ކުރާ ގޮތެއްގެ މަތީން ކުރިޔަށްދާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މި އަހަރު އޯލެވެލް އިމްތިހާނުގައި ވަނީ 5955 ދަރިވަރުން ބަިއވެރިވެފައެވެ. މޭ 2، 2021 އިން ޖޫން 11، 2021 ގެ ނިޔަލަށް ބޭއްވި ސާނަވީ އިމްތިހާނު 234 ސެންޓަރެއްގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ފަސްކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެންނެވެ.