މެއި 6، 2021 ގައި ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން އެމްޑީޕީން އުފައްދާފައި އޮންނަ މެއި 6 ކޮމިޓީން ކުރާ މަސައްކަތްތަކުގެ ތަފްސީލު ދޭން ބާއްވަމުން އަންނަ ގައުމީ މަޖިލީހުގެ ޖަލްސާ ތަކުގެ ތެރެއިން މިރޭގެ ޖަލްސާ ކޯރަމް ގެއްލި ހުއްޓާލައިފިއެވެ.

148 މެންބަރަކު ތިބޭ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާ ހުއްޓާލި އިރު ތިބީ 34 މެންބަރުންނެވެ. އެހެން ކަމުން ކޯރަމް ގެއްލި ވޯޓަށް އަހަން އެޖެންޑާ ކުރި މައްސަލަވެސް ފާހެއް ނުވިއެވެ.

މިރޭ، މެއި 6 ކޮމިޓީން ތަފްސީލުތައް ހާމަ ކުރުމަށް ފަހު، ގައުމީ މަޖިލީހުގެ ޖަލްސާތައް މެންބަރުން އެއްތަނަކަށް ހާޒިރުވެ ބާއްވަން ހުށަހެޅިއެވެ. އަދި އެކަމަށް ތާއީދު ލިބުނު ނަމަވެސް ވޯޓަށް އެހި އިރު ތިބީ 34 މެންބަރުން ކަމުން ކޯރަމް ގެއްލުނީއެވެ.

މިރޭ ކޯރަމް ގެއްލުމުގެ ސަބަބުން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެއީ އެމްޑީޕީއަށް ލިބުނު ބޮޑު ލަދެއް ކަމަށްވެސް ބުނެފައެވެ.

އެގޮތުން ބައެއް މެންބަރުން ވަނީ، އަދަދު މަދުވުމުން ނުރުހުން ފާޅުކޮށް، ސަރުކާރަށް އަމާޒުވާ ގޮތަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

މިރޭ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވެސް ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ކަމެއް ފާސް ކުރަން 37 މެންބަރުންގެ ކޯރަމެއް އޮންނަން ޖެހެއެވެ.