މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުމަށްޓަކައި 18 އަތޮޅެއްގެ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން އިރު 6 އަތޮޅަކަށް ދައުލަތުގެ ވަޒީރުން ވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިއަދު ކިޔެވުން ފެށީ ދަރިވަރުން ސްކޫލްތަކަށް ހާޒިރު ވެގެންނެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަހަރެގެ މެދު ތެރެއިން ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ 92،000 ދަރިވަރުންނާ އެކުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫލް އަޒީޒް ވިދާޅުވީ، މިއަދު ދީރާސީ އާ އަހަރުގެ ކިޔެވުން ފައްޓަވައި ދެއްވުމަށްޓަކައި 18 އަތޮޅެއްގެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިސް މަގާމުތަކުގެ ބޭފުޅުން ވަޑައިގެން ބައިވެރިވެވަޑައިގެންފައިވާ ކަަމަށެވެ. ކެބިނެޓްގެ ވަޒީރުންގެ ތެރެއިން ބައިވެރިވެވަޑައިގެންފައި ވަނީ އިސްލާމިކް މިނިސްޓަރާއި، ހެލްތް މިނިސްޓަރާއި، ހައުސިން މިނިސްޓަރާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ޖެންޑާ މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރެވެ.
- ހއ. އުތީމް، ގާޒީ ބަންޑާރައިން ސްކޫލް: މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު
 - ށ. މަރޮށި، މުނައްވަރާ ސްކޫލް: އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
 - ނ. މާފަރު، މާފަރު ސްކޫލް: ޕާމަނަންޓް ސެކެޓްރީ، އަހްމަދު އަލީ
 - ރ. ހުޅުދުއްފާރު، ހުޅުދުއްފާރު ސްކޫލް: ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް
 - ބ. ދަރަވަންދޫ، ބ. އަތޮލު ސްކޫލް: ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން
 - ޅ. ހިންނަވަރު، ޅ. އަތޮޅު އެޑިއުކޭޝަން ސެންޓަރު: ރައީސް އޮފީހުގެ ސޯޝަލް ޕޮލިސީގެ ސްޕެޝަލް އެޑްވައިސަރު ޑރ. މޫސާ ލުތްފީ
 - ކ. ދިއްފުށި، ދިއްފުށީ ސްކޫލް: ހެލްތް މިނިސްޓަރު އަހްމަދު ނަސީމް
 - އއ. ރަސްދޫ، އ. އަތޮޅު އެޑިއުކޭޝަން ސެންޓަރު: ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން
 - އދ. މާމިގިލި، އދ. އަތޮޅު ސްކޫލް: ރައީސްގެ އެޑްވައިޒަރު މުހައްމަދު ޝިހާބް
 - ވ. ފުލިދޫ، ވ. އަތޮޅު އެޑިއުކޭޝަން ސެންޓަރު: އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން
 - މ. މުލި، މ. އަތޮޅު އެޑިއުކޭޝަން ސެންޓަރު: ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް
 - ފ. ނިލަންދޫ، ފ. އަތޮޅު އެޑިއުކޭޝަން ސެންޓަރު: ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ ނައީމް
 - ދ. މީދޫ، ދ. އަތޮޅު ސްކޫލް: އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހްމަދު
 - ތ. އަތޮޅު، ތ. އަތޮޅު އެޑިއކޭޝަން ސެންޓަރު: އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް
 - ގއ.އަތޮޅު: އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު
 - ގދ. ތިނަދޫ، ގދ. ތިނަދޫ ސްކޫލް އަބޫބަކުރު ސްކޫލް: ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު
 - ޏ. ފުވައްމުލައް، މުހައްމަދު ޖަމާލުއްދީން ސްކޫލް: ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
 - ސ. ހިތަދޫ، ޝަރަފުއްދީން ސްކޫލް: ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
 
ދިރާސީ އާ އަހަރުގެ ތަހުނިޔާ ހުރިރާ ސްކޫލް ކުދިންނަށް ފޮނުއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިއީ އައު ފެށުމެއް ކަމަށާއި އުޖާލާ އާ އަހަރެއް ކަމަށެވެ. ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރެއް ކަމަށާއި އެ ދޮރުގެ ތަޅުދަނޑިއަކީ ކުރާ ހިތްވުމާއި ކަން ކަމަށް ޝައުގު ހުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދޫނުކޮށް އެއްވާނެއްގައި ކުރާ މަސައްކަތަކީ، ކާމިޔާބުގެ ސިއްރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯހިލް ވެސް ވަނީ ދިރާސީ އާ އަހަރުގެ ތަހުނިޔާ ދަރިވަރުންނަށާއި ޓީޗަރުންނަށް ފޮނުއްވާފައެވެ.
