ރ. އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް ކޭސްއެއް އުނގޫފާރުން ފެނި އެރަށް މޮނިޓަރިން ހާލަތަށް ލާފައި ވަނީ މިރޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އުނގޫފާރު މިރޭ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ފްލޫ ސާމްޕަލްއެއް ޕޮޒިޓިވް ވުމުންނެވެ.

މީގެ ކުރިންވެސް ޕޮޒިޓިވް ކޭސް ފެނިގެން އުނގޫފާރު މޮނިޓަރިއަށް ލިޔެވެ.

ކޮވިޑް ބަލިމަޑުކަން ރަށުގައި ފެތުރެމުން އަންނަ އިރު މިހާރު މޮނިޓަރިންގެ ހާލަތަށް 14 ރަށެއް ވަނީ ލާފައެވެ. އެއީ ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ.ފީވައް، މ. ކޮޅުފުށި، ދ. ކުޑަހުވަދޫ، ރ. ދުވާފަރު، ރ.އުނގޫފާރު، ކ ކާށިދޫ، ގއ. ކޫއްޑޫ، ގއ.ވިލިނގިލި އަދި ގދ. ނަޑެއްލާ އާއި ފުވައްމުލަކެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.