އދ. ކުނބުރުދޫ އަހްމަދު ނައުފަލް ފެއްލިގެން ހޯދަމުން ދާ ތާ 4 ދުވަސް ފަހުން ފެނިއްޖެއެވެ.

ފުލުހުން ބުނީ އޭނާ ފެނުނު އިރު ބޭރުފުށުން އަނިޔާއެއްގެ ނިޝާން ފެންނަން ނެތްކަމަށެވެ.

ފުލުހުން ބުނީ އޭނާ ފެނުނީ މިއަދު 5 ޖަހަން އުޅެނިކޮށް ކަމަށާއި، މިހާރު އާއިލާއަށް އަންގާފައި ވާ ކަމަށެވެ.

އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނީ އިއްޔެއެވެ. އޭރު ހޯދާތާ 3 ދުވަސް ވެއްޖެއެވެ.

ފުލުހުން އިތުރަށް ބުނީ އޭނާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓު ކުރީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ނައުފަލަކީ ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އެންމެ ފަހުން ފޭބީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕަށް ދައްކަން ހުޅުމާލެއަށެވެ.

ނަލުފަލް ފެނިފައި ވީ ނަމަވެސް އޭނާ ފެނުނު ތަނެއް ފުލުހުން ހާމައެއް ނުކުރެއެވެ.